ރައީސް ނަޝީދާ، އެމަނިކުނުގެ ސަޕޯޓަރުންނަށް މިއީ އުފާވެރި އަމާން 5އަހަރަކަށް ނުވި: ޝުޖާޢު

ރައީސް ނަޝީދާ، އެމަނިކުނުގެ ސަޕޯޓަރުންނަށް މިއީ އުފާވެރި އަމާން 5އަހަރަކަށް ނުވި: ޝުޖާޢު

ގުޅުންހުރި

ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް މި5 އަހަރަކީ އުފާވެރި އަމާން 5އަހަރަކަށް ނުވިކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ"އަކީ އެމްޑީޕީން މި ރިޔާސީ އިންތިޚާބަށް ގެންގުޅޭ ޝިއާރެވެ. އެމްޑީޕީއާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވަމުން ގެންދަވަނީ އިތުރު 5 އަހަރުގެ ދައުރެއް ބޭނުންވަނީ ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެއެއް ގެނެސްދިނުމަށްކަމަށެވެ.

ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް ޞާލިޙް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު ރައީސް ޞާލިޙާއި އެމްޑީޕީއަށް، ރައީސް ނަޝީދުގެ ސަޕޯޓާއި ތާޢީދު ވަނީ ބޭނުންވެފައެވެ. ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ތާޢީދު ރައީސް ޞާލިޙް ދެވަނަ ބުރުގެ އިންތިޚާބު ކާމިޔާބުކުރުމަށް ވަރަށް މުހިންމުވެއެވެ.

ރައީސް ޞާލިޙްގެ އުފާވެރި އަމާން ރާއްޖެއަށް ފާޑުވިދާޅުވެ ޝުޖާޢު ވިދާޅުވީ، ރައީސް ނަޝީދު ރިޔާސީ ޕްރައިމަރީގައި ވިދާޅުވީ ”އެމަނިކުފާނުގެ ހަށިކޮޅުގައި ބައިވަރު ލަކުނު އެބަ ހުރި ކަމަށް“ ކަންކަމަށާއި، އެއީ ވަރަށް ބޮޑު ތެދެއްކަމަށެވެ. އެމަނިކުފާނުގެ ހަށިކޮޅުގައި ބައިވަރު ލަކުނު އެބަހުރިކަމާމެދު ޝައްކެއްވެސްނެތްކަމަށް ވިދާޅުވެ ޝުޖާޢު ވަނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް މި5 އަހަރަކީ އުފާވެރި އަމާން 5އަހަރަކަށް ނުވިކަމަށެވެ.

ޝުޖާޢު އެ އިޝާރާތްކުރެއްވީ މިސަރުކާރު ހިނގަމުން ދަނިކޮށް، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މަޖީދީ މަގުގައި ދެވުނު ހަމަލާއަށެވެ. އެ ހަމަލާއާއި ގުޅިގެން ރައީސް ނަޝީދު ސަލާމަތްވެވަޑައިގަތީ ކިރިޔާއެވެ. އެމަނިކުފާނު ވަނީ ރާއްޖެއިންބޭރުން ފަރުވާ ހޯއްދަވާފައެވެ.

ޝުޖާޢު ވިދާޅުވީ، ޑރ.މުޢިއްޒާއެކު މަސައްކަތްކުރައްވަނީ މިސަރުކާރުން ވިއްކާލި ކަނޑު ހޯދުމަށާއި، ވައްކަމާއި ފަސާދަ ނެތިކޮށް ގެއްލިފައިވާ މިނިވަންކަން އިޔާދަކޮށް ދިވެހީންގެ ރާއްޖެއެއް ބިނާކުރުމަށްކަމަށެވެ. އަދި ވިސްނުން އިސްކޮށް، ލަކުނު މަދު ރައްޔިތެއް ދިރިއުޅޭ ފަސްގަނޑަކަށް މިފަސްގަނޑު ހެދުމަށް އެމް.ޑީ.ޕީ ފިޔަވާ ހުރިހާ ސިޔާސީ ޕާޓީތައް ވަޑައިގެން ދެއްވުމަކީ ޤައުމަށް އެންމެ ފައިދާބޮޑު ގޮތްކަމުގައި ދެކޭކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމަށް ޑރ.މުއިއްޒު ވަނީ ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ. އޭގެތެރޭގައި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްވެސް ހިމެނެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ