މާވެޔޮމަގަށް އީދެއް، މުޅި މަގު ފުރާލާ މުއިއްޒު އަށް ހޫނު މަރުޚަބާއެއް!

މާވެޔޮމަގަށް އީދެއް، މުޅި މަގު ފުރާލާ މުއިއްޒު އަށް ހޫނު މަރުޚަބާއެއް!

Author
މުޙައްމަދު ޝަޒައިމް
13 ސެޕްޓެމްބަރ 2023 11:21
0

މިރޭ މާޔޮމަގުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވުމުން މުޅި މާވެޔޮ މަގު ފުރާލައި އާދަޔާއި ޚިލާފް ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.

މުއިއްޒުއާއި، ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕާއި، އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްއާއި، އެޕާޓީގެ އިސްވެރިންނާއިއެކު ވަޑައިގެންވުވުމުން ވަރަސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގަށް ނިކުމެ މުއިއްޒުއާއި ސަލާން ކުރައްވާ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށް ބުނެފައެވެ.

އެއްވި މީހުން ވަނީ މާލޭގެ ރައްޔިތުންގެ ސާފު އައުލަބިއްޔަތު އޮތީ މުއިއްޒުއާއި އެކުގައިކަމަށް ބުނެފައެވެ. އިންތިޚާބުގެ ދެވަނަ ބުރަށް ޕީޕީއެމް ޕީއެންސީން ކުރަމުންދާ ކެމްޕޭންގައި މާލެއާއި މުޅި ރާއްޖޭގައިި ދަނީ ޚާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ކެމްޕޭންގައި މާދަމާ މުއިއްޒު އއ. އަދި އދ. އަތޮޅަށް ވަޑައި ގަންނަވާނެއެވެ. އަދި ސެމްބެ މާދަމާ ގދ. އަތޮޅަށް ވަޑައިގަންނަވާނެއެވެ. އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް މުއިއްޒު ގެންދަވަނީ ޚާއްސަ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޑޯޓުޑޯ ހަރަކާތްތަކާއި، ޖަލްސާތަކާއި އެނޫން ގިނަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.