37،000 ވޯޓު ނުލެވި އެބައޮތް، އެއީ އަޅުގަނޑުމެންގެ ސާފު ޕްލެޖްތައް: އަސްލަމް

37،000 ވޯޓު ނުލެވި އެބައޮތް، އެއީ އަޅުގަނޑުމެންގެ ސާފު ޕްލެޖްތައް: އަސްލަމް

Author
އަހުމަދު
12 ސެޕްޓެމްބަރ 2023 11:27
0

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 37،000 މީހުންނަށް ވޯޓުނުލެވި އެބައޮތް ކަމަށާއި އެއީ އެމްޑީޕީގެ ވޯޓުތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ ބަލި ނުވާ ކަމަށާއި ބަލިވާން ގާތް ވެސް ނުވާ ކަމަށެވެ. އަދި ދެވަނަ ބުރުގައި އެމްޑީޕީން އިންތިހާބު ނިންމާލާނީ މޮޅުވެގެން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"ހުރިހާ ހިސާބުތަކެއް ދައްކަނީ އެހެން. 37،000 ވޯޓު އެބައޮތް. އެއީ އަޅުގަނޑުމެންގެ ވަރަށް ސާފު ޕްލެޖްތައް. ކޮންމެވެސް އެއް ސަބަބެއް ދިމާވީ ބައެއް ބޭފުޅުން ވިދާޅުވި ފަދައިން. އަޅުގަނޑުމެންނަށް އޯވާ ކޮންފިޑެންޓުވީ. ނުވަތަ އަޅުގަނޑުމެންނަށް އެކަން ނުކުރެވި ދިޔައީ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. ކުރާނަން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެރިންގެ ގެތައް މަތި މައްޗަށް ނަގާ ތަން ދެކެން ބޭނުން ނުވާ ކަމަށެވެ. އަދި ރާއްޖޭގެ އެންމެން ހައްޔަރުކޮށް ހުރަގެތައް ނުވަތަ ޖަލުގެ ތޭރިތަކުގެ ތެރެއަށް ލެވޭކަށް ނެތް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. މުޒާހަރާތަކާ ހެދި ވިޔަފާރިތައް ހުއްޓެން ވެސް ބޭނުން ނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސަރުކާރާ ދޭތެރޭގައި ފަތުރަނީ ދޮގު ބުހުތާން ކަމަށެވެ. އަދި "ޗޯރު އިބޫ" ކިއުމުގެ ބޭނުމެއް ނެތް ކަމަށާއި "ޗޯރު" އިންނެވީ ޖަލުގައި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަސްލަމް އެ އިޝާރާތް ކުރެއްވި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. އަސްލަމް ވިދާޅުވީ މި ގައުމަށް ހިޔާނާތްތެރިވާން ޖާގަ ނުދެއްވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަންތަކުރުބެ
ތިއުޅެނީ ތިއަޑު ފަތުރާފަ 37 ހާސް ވަގުވޯޓު ފޮށްޓަށްލާން. މިހާރު މިއޮތް އެމްޑީޕީ ސަރުކާރުން ވޯޓްކާލަން އީސީގަވެސް އިންޑިއާ މިލިޓަރީ ވެސް ބައިތިއްބަފާނެ ކަމުގެ ބިރު އެބައޮތް. ކޮންތަނެއްތޯ ނުގަންނާނީ ދިވެހި ސިފައިންގެ މުއައްސަސާވެސް އެއޮތީ މާރިއާމޯދީގެ އަތްދަށު ފްލެޓްނަގާފާނެ ކަމުގެ އިންޒާރުދީ ޖެނެރަލުންނަށް ބިރުދައްކައިގެން. ޕީއެންސީ ޕީޕީއެމްގަ ވޯޓްނުލެވި 50 ހާސްމީހުންތިބި ކިއޫއަށް އެރުނަނުދީ ކިއުބަންދުކޮށްގެން.
ޚ ޚަލީމް
370000 ހާސް ފުލެޖެއް ނުހޯދޭނެ މޮޔަވޭ
A Ali
Hama chorh ibu