ދެވަނަ ބުރު މާ ފަސޭހަކޮށް މުއިއްޒު ކާމިޔާބު ކުރައްވާނެ: ޒައިދު

ދެވަނަ ބުރު މާ ފަސޭހަކޮށް މުއިއްޒު ކާމިޔާބު ކުރައްވާނެ: ޒައިދު

Author
އަހުމަދު
10 ސެޕްޓެމްބަރ 2023 07:17
0

މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މާ ފަސޭހަކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު މިއަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުއިއްޒެވެ. މުއިއްޒު، އިންތިހާބުގައި ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައިވާ އިރު، ރައީސް ސޯލިހް ވަނީ 85،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ.

މި ނަތީޖާއާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް %45 ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި %25 ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި 2013 ގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު %47 ހޯއްދަވާފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި %25 ހޯއްދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.

މަހްލޫފުގެ މި ވާހަކައާ ގުޅިގެން ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ 2008 އަދި 2013 އެއްވެސް ނޫން ކަމަަށާއި، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރު މުއިއްޒު އަދި މާ ފަސޭހަކޮށް ކާމިޔާބު ކުރައްވަވާނެ ކަމަށެވެ. ކާމިޔާބީގައި ހިތްތިރިކުރުމާއި ބޮޑާ ނުވުމާއި ޝުކުރުވެރިވުމުން ނަމޫނާ ދެއްކުމަށް ޒައިދު ވަނީ ގޮވާލައްވައިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.