ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާ މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާ އޮންނާނީ މިރޭ 20:45 ގައި އާރޓްފިޝަލް ބީޗުގައެވެ. މިޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެ ވަޑައިގަންނަވާނެއެވެ. މިޖަލްސާއަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިވެހި ރައްޔިތުން ދެއްވި ތާއީދަށް ޝުކުރު އަދާކުރުމަށް ބާއްވާ ޖަލްސާއެކެވެ.
އެއްވެސް ބަޔަކާ ކޯލިޝަން ނުހައްދަވައި އިންތިހާބުގައި ޑރ. މުއިއްޒު ދެވަނަ ދައުރަކަށް އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައި ދަތުރު ކުރެއްވީ ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ 46 ޕަސެންޓެވެ. އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު ކޯލިޝަން ހައްދަވައިގެން ނުކުމެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 85،000 ވޯޓެވެ.
މި އިންތިހާބުގައި 15،000 އަށް ވުރެ ގިނަ ވޯޓާ އެކު ތިންވަނަ ހޯއްދެވީ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އެއީ ހަތް ޕަސެންޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުޅުއްވަނީ 6،000 އަށް ވުރެ ގިނަ ވޯޓާ އެކު ދެ ޕަސެންޓުގަ އެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް ފަސްވަނަ ހޯއްދެވުނީ 5،500 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވެސް ދެ ޕަސެންޓެވެ.
އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫނަށް ހޯއްދެވުނީ 3،000 ވޯޓެވެ. އޭނާ އަށް ހަ ވަނަ ލިބިވަޑައިގަތީ 1 ޕަސެންޓް ވޯޓުންނެވެ. އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި ހަސަން ޒަމީލަށް އެންމެ ޕަސެންޓްގެ ވޯޓު ވެސް ނުހޯއްދެވުނެވެ.
One Response
ނަސީދުއާ ޕޕމއިންކޯލިސަންނަހަދާފިއްޔާވެދާނެ.ހަދާފިއްޔާ އަރާނުގަނެ ޭނެ އަދަބަޅަކަން.އެމަކަރުވެރިކަލޭގެ. ޕޕމ ވައްޓާލާނެ