އިންތިޚާބުގައި އެންމެ އާދަޔާއި ޚިލާފް ނަތީޖާއެއް އުމަރު ނަސީރަށް!

އިންތިޚާބުގައި އެންމެ އާދަޔާއި ޚިލާފް ނަތީޖާއެއް އުމަރު ނަސީރަށް!

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2023 10:50
0

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގައި އެންމެ އާދަޔާއި ޚިލާފް ނަތީޖާއެއް ހޯދި ކެންޑިޑޭޓަކީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ކަމަށް ދައްކައިިފިއެވެ.

މިއިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ ތެރެއިން ރާއްޖޭގައި ނަގާ ކިޔާ އެމްޑީޕީއާއި، ޕީޕީއެމް ފިޔަވައި ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީއާއި ޑިމޮކްރެޓްސް އިންވެސް ވާދަކުރިއެވެ. މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބުތަކުގެ ތެރެއިން ދެވަނަ ބުރަކަސް ގޮސްފިނަމަ ކިންގ މޭކާއަކަށް ވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއެވެ. ނަމަވެސް މިއިންތިޚާބުގައި ޤާސިމްއަށް ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް ވުރެވެސް ދަށަށް ވެއްޓިފައެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ބާކީ މަދު ފޮއްޓެއް ނުގުނި ހުރިއިރު ޤާސިމާއި އުމަރާއި ދޭތެރޭ 1،700 އެއްހާ ވޯޓުގެ ފަރަގެއް ވެއެވެ. އުމަރު ވަނީ މިއިންތިޚާބުގައި 6،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. ޤާސިމަށް ލިބުނީ 4،000 އެއްހާ ވޯޓެވެ. އުމަރަކީ މިއިންތިޚާބުގައި އެންމެ ކެމްޕޭން ހަރަކާތްތައް މަދު އެއް ކެންޑިޑޭޓެވެ. ނަމަވެސް 8 ކެންޑިޑޭޓުން ވާދަކުރި މިއިންތިޚާބުގައި 4 ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭތަކަށް އުމަރު ވަނީ ވެފައެވެ.

ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރަކަށް ދާއިރު، އުމަރުގެ ދައުރަކީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ ދެކެންޑިޑޭޓުންނަށް މުހިންމު މީހަކަށް މިވަނީ ވެފައެވެ. އުމަރުގެ ވޯޓުތަކަކީ އިންތިޚާބުގެ ދެވަނަ ބުރެއްގައި އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ ފަރާތްތަކަށް މުުހިންމު ވޯޓުތަކަށް ވެގެންދާނެއެވެ.

ރިޔާސީ އިންތިޚާބު އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް ނުނިންމުމުން އިންތިޚާބުގެ ދެވަނަ ބުރެއް މިމަހުގެ 30 ވަނަ ދުވަހު އޮންނާނެއެވެ. ދެވަ ބުރުގައި ވާދަ ކުރާނީ ރައީސް ޞާލިހާއި، ޑރ. މުހައްމަދު މުއިްޒުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.