މާލެސިޓީގެ ރައްޔިތުން މިސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނެ، ޑރ.މުއިއްޒުއަށް އާދަޔާއި ޚިލާފް ބޮޑު މެޖޯރިޓީއެއް ދީފިއެވެ.
އަބަދުވެސް އެމްޑީޕީގެ ތަނެއްގެ ގޮތުގައި ކިޔަމުންދާ މާލެ ސިޓީގެ މެޖޯރިޓީ އެންމެ ފުރަތަމަވެސް ޕީޕީއެމްއަށް އަނބުރާލީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައެވެ. އެއިންތިޚާބުގައި މާލޭގެ ސާފު އައުލަބިއްޔަތު ޕީޕީއެމް ނެގިއިރު، މޭޔަރަކަށް މާލޭ ރައްޔިތުން އިންތިޚާބު ކުރެއްވީ ޑރ.މުއިއްޒުއެވެ.
އޭގެ ފަހުން މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުގައި މުއިއްޒު ކާމިޔާބު ކުރީ މާލޭގެ މަދު ފޮއްޓެއް ފިޔަވާއި ހުރިހާ ފޮއްޓެއް ކާމިޔާބު ކޮށްގެންނެވެ. މިއީ ތާރީހުގައިވެސް އެމްޑީޕީ މާލެއިންވީ އެންމެ ބޮޑު ބައްޔެވެ. މާލެއިން އެމްޑީޕީއަށް މިހާ މަދު ފޮއްޓެއް ލިބި، ތަފާތު ބޮޑުކޮށް މުއިއްޒަށް ކުރި ލިބުމަކީ އާދަޔާއި ޚިލާފް ނަތީޖާއެކެވެ.
މާލޭގެ ނަތީޖާ މުއިއްޒުގެ ކޮޅަށް މިހާބޮޑުތަނުން ބުރަމިވީ މާލޭގެ ރައްޔިތުންނަށް ފަސް އަހަރު ނުދެވުނު ގޯއްޗާއި ފްލެޓް ދައުރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ދިންތާ މަހެއް ނުވަނީސް ނެގި ވޯޓުންނެވެ. ގޯތީގެ މައްސަލާގައި މުއިއްޒު ވިދާޅުވެފައިވަނީ މިސަރުކާރުން ދިން އެންމެ ގޯއްޗެއްވެސް އަތު ނުލައި ކޮށްދެއްވާނެ ކަމަކީ މާލޭގެ ރައްޔިތުންނާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ކަށަވަރު ކޮށްދެއްވުން ކަމަށެވެ.
މާލެއާއި ހުޅުމާލެއާއި، ވިލިމާލެއާއި އަދި ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މެޖޯރިޓީވެސް ނެގީ ޑރ. މުއިއްޒުއެވެ. މިއީ ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީއަށް ލިބުނު އެންމެ ދަށް ނަތީޖާއެވެ.
ކޮމެންޓު ފޮނުވާ