ރިޔާސީ އިންތިޚާބުގެ ވޯޓުލާން ދެތިން ދުވަހަށް ވެފައި އޮއްވާ ސިޓީއެއްގެ ދަރަޖަދިން ތިނަދޫގެ ސާފު މެޖޯރިޓީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ހޯއްދަވައިފިއެވެ.
ތިނަދޫގައި ބެހެއްޓި ހުރިހާ ފޮއްޓަކުންނާއި، މާލޭގައި ބެހެއްޓި ދެފޮށިންވެސް ޑރ.މުއިއްޒު ވަނީ ތަފާތު ބޮޑުކޮށް ކުރި ހޯއްދަވާފައެވެ. މިއީ މިފަހުން ތިނަދޫގެ ސާފު މެޖޯރިޓީ މިހާ ބޮޑުކޮށް ޕީޕީއެމްއަށް ލިބުނު ފުރަތަމަ ފަހަރެވެ. ޤާނޫނީ އިމުގެ ތެރެއިން ތިނަދޫއަށް ސިޓީގެ ދަރަޖަ ދެއްވާނެކަމަށް މުއިއްޒު ވިދާޅުވެ ތިނަދޫން ފޭބިތާ 48 ގަޑިއިރު ނުވަނީސް ތިނަދޫ ސިޓީއަށް ބަދަލުކޮށް ސިޔާސީ ކުރި ހޯއްދެވުމަށް ރައީސް ޞާލިހު އިއުލާން ކުރެއްވިއެވެ.
ނަމަވެސް މުއިއްޒު އެރަށުގެ ރައްޔިތުންގެ އަރިހުގައި ވިދާޅުވި ގޮތަށް ނަންބޯޑު ޖަހާފައިވާ ކަމެއް ނުވާ ތަނަކަށް ތިނަދޫ އޮތް އޮތުން ބަދަލު ކުރުމަށް ތިނަދޫ ރައްޔިތުން ވަނީ ވޯޓު ދެއްވާފައެވެ.
ޑރ. މުއިއްޒު ގެންދަވަނީ މިއިންތިޚާބުގައި ސަރުކާރުގެ މައްޗަށް އާދަޔާއި ޚިލާފް ނަތީޖާއެއް ހޯއްދަވަމުންނެވެ. ޚާއްސަކޮށް ރާއްޖޭގެ ބޮޑެތި އާބާދީގެ ތަކުގެ ސާފު މެޖޮރިޓީ މުއިއްޒު ގެންދަވަނީ ސަރުކާރު ބަލިކޮށް ހޯއްދަވަމުންނެވެ.
ކޮމެންޓު ފޮނުވާ