އެތައްހާސް ބަޔަކާއިއެކު ނިކުމެ މުއިއްޒުގެ ކެމްޕޭން ނިންމާލީ އެއްބުރުން އިންތިޚާބު ނިންމާނެ ކަމުގެ ޔަގީން ކަމާއިއެކު!

އެތައްހާސް ބަޔަކާއިއެކު ނިކުމެ މުއިއްޒުގެ ކެމްޕޭން ނިންމާލީ އެއްބުރުން އިންތިޚާބު ނިންމާނެ ކަމުގެ ޔަގީން ކަމާއިއެކު!

Author
މުޙައްމަދު ޝަޒައިމް
08 ސެޕްޓެމްބަރ 2023 05:56
0

ރިޔާސީ ކެމްޕޭންގެ އެންމެ ފަހު ހަރަކާތަކަށް މާލޭގައި ޑރ.މުއިއްޒަށް ތާއީދު ކުރާ އެތައް ހާސް ބަޔަކު ނިކުމެ ބޭއްވި ބޮޑު ހިނގާލުމުގައި މުއިއްޒު އެއްބުރުން ހޮވުމަށް ތިބިކަން ހާމަކޮށްފިއެވެ.

މިއަދު އާރޓްފިޝަލް ބީޗު ސަރަހައްދުން ފެށި މިހިނގާލުމުގައި އެންމެ ބޮޑަށް ފާހަގަވީ މަލޭގެ ގިނަ އަދަދެއްގެ ޒުވާނުން ހިނގާލުމުގައި ބައިވެރިވުމެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުއާއި، ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް ބައިވެރިވި މިހިނގާލުމުގައި ލީޑާރޝިޕްގެ އިސްބޭފުޅުން ވަނީ ބައިވެރި ވެފައެވެ.

ހިނގާލުމުގައި ބައިވެރިވި މީހުން ވަނީ ޑރ. މުއިއްޒު އެއްބުރުން އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ބުނެފައެވެ. އަދި މާލޭއިން މިއިންތިޚާބުގެ ނަތީޖާ ނެރޭނީ މުއިއްޒުއަށް ބޮޑު ތާއީދަކާއިއެކުގައި ހިނގާލުމުގައި ބައިވެރިވި މީހުން ވަނީ ބުނެފައެވެ.

ކެމްޕޭން ނިންމާލުމުގެ މިހިނގާލުމުގައި ބައިވެރިވި މީހުން ވަނީ މިވެރިކަން ބަދަލު ކުރަން މާބޮޑަށްވެސް ލަސްވެޖަކަމށް ބުނެފައެވެ. ސަރުކާރުން ވަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް އެތައް ކަމެއް ކޮށްފައިކަމަށާއި، މިކަން ނިމުމަކަށް ގެނެވޭނީ ޑރ.މުއިއްޒު އިންތިޚާބު ކޮށްގެންކަމަށް ބައިވެރިން ވަނީ ބުނެފައެވެ.

މިއީ މިފަހުން މާލޭގައި ބޭއްވުނު ހިނގާލުމެއްގައި މިހާ ގިނަދަދެއްގެ ބަޔަކު ބައިވެރިވި ހިނގާލުންކަން ފާހަގަކޮށްލެވެއެވެ. މިހިނގާލުން ނިންމާލީ މުއިއްޒުގެ މެސެޖުތަކާއިއެކު ޚާއްސަ ދުޢާއަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙުރަސް
Mikan Miothee Nimifa Dr Muiz ehburun