ޑރ. މުއިއްޒުގެ އިލްތިމާސް: މައްސަލަތައް ހައްލުކޮށް ހާލަތު ބަދަލު ކުރުމަށް އަޅުގަނޑަށް ވޯޓު ދެއްވާ!

ޑރ. މުއިއްޒުގެ އިލްތިމާސް: މައްސަލަތައް ހައްލުކޮށް ހާލަތު ބަދަލު ކުރުމަށް އަޅުގަނޑަށް ވޯޓު ދެއްވާ!

Author
މުޙައްމަދު ޝަޒައިމް
08 ސެޕްޓެމްބަރ 2023 11:30
0

ރާއްޖޭގައި މިހާރު ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ގެނެސް ރައްޔިތުން ތިބި ބިރުވެރި ނުރައްކާތެރި ހާލަތުން އަމާން ހަމަޖެހޭ ހާލަތަަކަށް ބަދަލު ކުރުމަށް މާދަމާ ލޯވޯޓު ދިވެހި ޤައުމާއި ރައްޔިތުންނާއި އިސްލާމްދީނުގެ ހައްގުގައި އޭނާއާއި، ރަނިންމޭޓް ސެމްބެއަށް ދެއްވުމަށް ޑރ. މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން މުއިއްޒު ދިވެހި ރައްޔިތުންނަށް ކުރެއްވި އިލްތިމާސްގައި ވިދާޅުވީ ދިވެހި ރާއްޖެއަކީ ހުރިހާ ދިވެހިންގެ ރާއްޖެކަމަށެވެ. ނަމަވެސް މިއަދު ޤައުމުގެ ހާލަތު އޮތީ އެގޮތަށް ނޫންކަމަށާއި، ދިވެހިންގެ ރާއްޖެ ހޯދުމަށް ކުރެވޭ މަސައްކަތުގައި ދިވެހި ކޮންމެ ރައްޔިތެއްގެ ބައިވެރިވުމަކީ އޮތުން މުހިންމު ބައިވެރިވުމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިއަދު ދިވެހިންގެ ހާލަތަކީ އަމިއްލަ ބާރުވެރިކަން ކެނޑި، ބޭރުގެ ދަރަނީގެ މައްޗަށް މުޅި އިޤްތިޞާދު އަރިއަޅާލާފައި އޮތުންކަމަށް މުއިއްޒު ވިދާޅުވިއެވެ. ދަރިންނަށް ދެވޭ ތައުލީމުން މައިންބަފައިން އުންމީދުކުރާ ފަދަ ޖީލުތަކެއް ފެންނަމުން ނުދިއުމާއި، ގެވެށި އަނިޔާއާއި، މަސްތުވުމާއި، މާރާމާރީއާއި، ސައިބާ ޖަރީމާއާއި، ހާސްކަމާއި އުދާސްކަމުގެ ތެރޭގައި އޮތް ޒުވާން ޖީލެއް ފެންނަމުންދާކަމީ ބޮޑު ހިތާމައެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން އޮތް ހާލެއް ނޭނގޭ. ބިރުވެރި ސިއްރު އެއްބަސްވުންތަކެއް. މިވޭނީ ހަގީގަތައްތައް މިހެން އޮތުމަކީ ތިޔަ ބޭފުޅުންނެކޭ އެއްފަދައިން އަޅުގަނޑުވެސް މިލޮބުވެތި ޤައުމުގެ ހައްގުގައި ނުހަނު ކަންބޮޑުވާކަމެއް.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ދިވެހިން ދެކެން ބޭނުންވާ ދިވެހި ރާއްޖެއަކީ 21 ވަނަ ގަރުނުގެ ތައުލީމުން ސިކުޑިތައް ހުޅުވިފައިވާ އިލާހީ ނޫރުން ހިއްތައް އަލިވެފައިވާ، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތުން ގެދޮރާއި ރަށްތައް ބިނާވެ އުފުލިފައިވާ އަދުލުވެރި ތަހުޒީބު ފުދުންތެރި ދިވެހިންގެ ރާއްޖެއެއް ކަމަށެވެ. އެއީ ރައީސް ޔާމީން އެޅުއްވި ދިވެހިވަންތަ ޒަމާނީ ބިންގަލުގެ މަތީގައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިސަބަބު ތަކަށްޓަކައި މާދަމާ ލާ ވޯޓަކީ ޤައުމުގެ ހައްގުގައި ދިވެހި މުސްތަގުބަލާއި މިނިވަންކަމުގެ ހައްގުގައި ޑރ. މުއިއްޒާއި، ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފަށް އިހުލާސްތެރި ކަމާއިއެކު ދެވޭ ވޯޓަކަށް ހެއްދެވުމަށް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކެޔޮޅުބެ
އަނެއްކާ ވެސް ގެޔޭ ބުރިބުރި މައްޗައް އަރާތަން ފެންނާނީ މިހާޜުވެސް ކުރަނީ ވައްކަމޭ .