މިސަރުކާރުގެ ކޮރަޕްޝަން އެކަނި ހުއްޓާލިޔަސް ދަރަނިދެއްކޭނެ: ނިހާން

މިސަރުކާރުގެ ކޮރަޕްޝަން އެކަނި ހުއްޓާލިޔަސް ދަރަނިދެއްކޭނެ: ނިހާން

Author
އައިޝަތު އަޙްމަދު
07 ސެޕްޓެމްބަރ 2023 12:24
0

މި ސަރުކާރުން ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް އެކަނި ހުއްޓާލިނަމަވެސް ޤައުމުގެ ދަރަނި ދެއްކޭނެކަމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ކެމްޕެއިންގައި ހއ. އިހަވަންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ހަރަކާތްތެރިވެވަޑައިގަންނަވާ ގިނަ ސިޔާސީ ބޭފުޅުންނަކީ ޤާސިމް އިބްރާހީމްގެ އެހީތެރިކަން ހޯއްދަވަފައިވާ ބޭފުޅުންކަމަށެވެ. ނިހާން ވިދާޅުވީ، މަޤާމާ ބާރުލިބުމުން ޤާސިމް ދޫކުރައްވާ ވަޑައިގެންނެވިނަމަވެސް، ޤާސިމްގެ އެހީއާއި ބާރު ނުލިބުނުނަމަ ސިޔާސީ ލީޑަރުންނަށް އެބޭބޭފުޅުންނަށް ނުވެވުނީސްކަމަށެވެ.

ނިހާން ވިދާޅުވީ ޤައުމާ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ސަރުކާރުން އަޅާނުލުމަކީ އެ ފަރާތްތަކުގެ ބޮޑު އިޙުމާލެއްކަމަށާއި، ބޮޑެތި ޓެކްސްތަކާއި ދަރަނި ބޮލުއަޅައިގެން ތިބެންޖެހުމަކީ ލަދުވެތިކަމެއްކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ނިހާން ވަނީ މިސަރުކާރުގެ ކޮރަޕްޝަންގެ ޢަމަލުތައް އެކަނި ހުއްޓާލިނަމަވެސް ޤައުމުގެ ދަރަނި ދެއްކި ރައްޔިތުންނަށް ބޭނުންވާ އެތައް ޚިދުމަތްތަކެއް ފުއްދަވައިދެވޭނެކަމަށެވެ.

ނިހާން ވިދާޅުވީ ޤައުމުގައި ހުރި މައްސަަލަތަކަށް ޙައްލު ގެނެސްދެވޭނީ ޤާސިމް އިބްރާހީމަށްކަމަށެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް މައްޗަށްދާކަމުގެ އިންޒާރު ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަނީ ދެއްވާފައެވެ. އެގޮތުން 2026 ވަނަ އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި ބިލިއަނެއްހާ ޑޮލަރު ދައްކަން ޖެހެއެވެ.

ނަމަވެސް ދަރަނީގެ ވާހަކަތަކާއި ގުޅިގެން ރައީސް ޞާލިޙް ވަނީ ލޯނު ނުދެއްކި ޤައުމު ބަނގުރޫޓުވާ ވާހަކަ އިދިކޮޅުން ދައްކަނީ ސިޔާސީ ބޭނުމެއްގައިކމަށެވެ. ދެވަނަ ދައުރެއް ލިބިެއްޖެނަމަ ލޯން ރީ ފައިނޭންސް ކުރާނެ ގޮތްތތައް ހޯދިފައިވާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
ޕީޕީއެމްތަޅައިސުންނާފަތިކުރިމީހުންޤާސިމުކައިރިއަށްދިުާމައިސަޕޕޯޓުގރއްލުނީ