ޢަރަބިއްޔާ ސްކޫލާއިމެދު މިސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން އުންމީދު ފެއްލިފައިވާ ޢަރަބިއްޔާ ސްކޫލުގެ ބެލެނެވެރިންނަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އުންމީދާއި ޔަގީންކަން ދެއްވައިފިއެވެ.
ޢަރަބިއްޔާ ސްކޫލުގެ ބެލެނެވެރިން ދަނީ މިސަރުކާރުން ޢަރަބި އިސްލާމީ ތައުލީމަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމުދޭ އެންމެ ބޮޑު ސްކޫލަކީ އަރަބިއްޔާ ސްކޫލުކަމަށް ވާއިރު، މިފަސް އަހަރު އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި، ބެލެނެވެރިން އުޅެންޖެހުނީ ދާއިމީ ސްކޫލެއްނެތި އެތަން މިތަނުން ދުވުމުގައެވެ.
އިއްޔެ ކުއްލި ގޮތަކަށް މުއިއްޒުއާއި، އަނބިކަނބަލުން ވަނީ ޢަރަބިއްޔާ ސްކޫލުގެ މައްސަލަތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބެލެނެވެރިންނާއި ބައްދަލު ކުރައްވާފައެވެ. އަރަބިއްޔާ ސްކޫލުގެ ހައްގުގައި އަޑު އުފުލުމަށް ޓަކައި ހަދާފައިވާ "އަރަބިއްޔާ ފެމެލީ" ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި އެބެލެނިވެރިން ބުނެފައިވަނީ ޑރ. މުއިއްޒު އެބޭފުޅުންނާއި އެކު ބޭއްވި ކުއްލި ބައްދަލުވުމުން ވަރަށް އުންމީދީ ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށެވެ.
އެ ވައުދުތަކުގެ ތަފްސީލް މިއަދު ހާމަ ކުރައްވާނެ ކަމަށް ވެސް "އަރަބިއްޔާ ފެމެލީ" އިން ބުނެފައިވެއެވެ. ޑރ.މުއިއްޒު ވަނީ ކެމްޕޭންގައި ކަނޑިތީމްގައި ބޭއްވި ޖަލްސާއެއްގައި ޢަރަބިއްޔަގެ ބެލެނެވެރިންނަށް އުންމީދީ މެސެޖްތަކެއް ދެއްވާފައެވެ. މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ދާއިމީ ހައްލު ހޯދުމަށް ކަމަށްބުނެ ޢަރަބިއްޔާ ސްކޫލު އެޅުމަށް ނިންމި ސަރަހައްދަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އަދި ޖާގައިގެ ގޮތުން މާބޮޑު ތަނަވަސްކަމެއް ނެތް ކުރީގެ ބާ ޖަމާލުއްދީން އިމާރާތް ހުރި ތާގައި ކަމަށެވެ. މުއިއްޒު ވިދާޅުވީ މާލޭގައި އެއަށްވުރެ މާޖާގަ ބޮޑު މިއިމާރާތް އެޅޭނެ ބިންތައް އެބަހުރިކަމަށެވެ. ނަމަވެސް ސަރުކާރުގައި އެއިމާރާތް އަޅާނެ ޝައުވެރިކަމެއް ނެތްކަމަށެވެ.
އަރަބިއްޔާ ސްކޫލަށާއި، ބެލެނެވެރިންނަށް މިސަރުކާރުން ދިނީ ބޮޑު ދޯކާއެއް. މާލޭގެ އެންމެ ތޮއްޖެހުން ބޮޑު ތަނުން ޖާގަ ދިނީ. މާލޭގައި ޢަރަބި އިސްމާލް ދިނުމަށް ޢަރަބިއްޔާ ސްކޫލު ޤާއިމް ކުރުމަށް ބޮޑު ބިމެއް ހަމަޖައްސަވައި، ރަނގަޅު ފެންވަރެއްގެ އިމާރާތެއް ޤާއިމް ކޮށްދެއްވާނަން.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
Breaking.
Dr. @MMuizzu Arabiyya parents aa surprise koh baddhalu kuravvai varah ummeedhee vaudhuthakeh vevadaigenfi.
Al hamdhu lillah.
Thafseel maadhaa…, in sha Allah pic.twitter.com/xmwyXkIqkK— Arabiyya Family (@ArabiyyaFamily) September 6, 2023
މިދިޔަ ދިރާސީ އަހަރު ނިމެންދެން އަރަބިއްޔާ ސްކޫލް ހިންގަމުން ދިޔައީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ. އަދި މިއަހަރު ވަނީ އަރަބިއްޔާ ސްކޫލް ހިންގުމަށް، ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް ބަދަކުލޮށްފައެވެ. ޗާންދަނީ މަގުގައި ހިންގަމުންދިޔަ އަރަބިއްޔާ ސްކޫލްގެ އިމާރާތް ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުގެ ސަބަބުން ބެލެނިވެރިން ކަންބޮޑުވުންތަކާއެކު އެ ސްކޫލް އެ އިމާރާތުގައި ހިންގުން ހުއްޓާލިއެވެ.
ވަގުތީ ހައްލެއްގެ ގޮތުގައި އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ތައުލީމު އުގެނުމަށް އެތަން ހަމަޖައްސަވާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އެ ދަރިވަރުންނަށް ދާއިމީ ހައްލެއްގެ ގޮތުގައި ބާޖަމާލުއްދީނުން ބިމެއް ދީފައިވާއިރު، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ ސްކޫލެއް އަރަބިއްޔާ އަށް ހާއްސަ ކުރުމަށް ވަނީ ނިންމާފައެވެ.