މާލޭގެ ޝީ ބިލްޑިންގު ކައިރި ހުރި މީހުން ދިރިނުއުޅޭ ގެއެއްގައި ރޯކޮށްލުމުގެ ތުހުމަތުގައި ފުލުހުން މިއަދު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ރޯކޮށްލީ މ. ހައުސްޕްލާޒާ ގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. އެތަނުގައި ރޯކޮށްލި ދެ މީހަކު ހައްޔަރުކުރިއިރު، މިއަދު ހެނދުނު ފިހާރައެއްގައި ވެސް ވަނީ ރޯވެފައެވެ.
ފުލުހުން ބުނީ ހައުސް ޕްލާޒާގައި ރޯވި މައްސަަލާގައި ހައްޔަރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މީހުން ދިރިނޫޅޭ މިގޭގައި ރޯވެފައިވަނީ ގުދަނެއްގެ ގޮތަށް ހުރި ތަނެއްގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަލިފާނުގެ އަސަރު ބޭރަށް ފެންނަން ނެތްނަމަވެސް އެތަނުން ވަރަށް ބޯކޮށް ދަނީ ދުންއަރަމުންނެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެހެންނަމަވެސް އެސަރަހައްދުގައި ހުރި ގެތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގެތަކުން މީހުންވަނީ ނެރެފައެވެ. ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ވެގާ ޕޮއިންޓް ފިހާރަވަނީ އެއްކޮށް އަނދާހުލިވެފައެވެ.