މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިންޑިއާ އިން ފަންޑު ކުރާ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދޮގުކުރައްވައިފިއެވެ.
ސަންގު ޓީވީން އިސް ނަގައިގެން ގިނަ މީޑިއާތަކެއް ގުޅިގެން މިރޭ ބޭއްވި ބަހުސްގައި ރައީސް ސޯލިހް ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މިލިޓަރީ އެެއްވެސް މަސައްކަތެއް ކުރުމަށް ރާއްޖޭގައި މިހާރަކު ނެތް ކަމަށެވެ. ދޭދޭ ގައުމުތަކާ އެއްކޮށް އޮންނަ އެއްބަސްވުމުގެ ދަށުން ޓްރެއިނިން އާއި އެކިއެކި އެކްސަސައިޒް ހެދުމަށް އިންޑިއާ، ސްރީލަންކާ، އެމެރިކާ، އިނގިރޭސި ވިލާތް ފަދަ ތަންތަނުގެ ސިފައިން ހަރަކާތްތެރިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެ އުސޫލުން އެކި ފަހަރު އެކްސަސައިޒް ކުރަން މިތަނަށް ބޭރު ގައުމުތަކުގެ ސިފައިން ނާންނައެކޭ ނުދަންނަވަން. ނަމަވެސް މިލިޓަރީ މަސައްކަތެއް ކުރާކަށް އެއްވެސް ގައުމެއްގެ ސިފައިން މި ރާއްޖޭގައި ނެތް.". ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސްގެ ކެމްޕެއިނަށް އިންޑިއާއިން ފަންޑު ކުރާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެއްވެސް ބޭރު ގައުމަކުން އެއްވެސް ފައިސާއެއް އެމަނިކުފާނަށް ކެމްޕޭނަށް ނުދެއްވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ