ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު ސިނަމާލެ ބްރިޖްއެޅި ކުންފުނިން މުއިއްޒުގެ އެކައުންޓަށް ޖަމާވީ އެމީހުން ތިބި އެޕާޓްމަންޓުތަކުގެ ކުލީގެ ފައިސާކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ތޮލާލް ވިދާޅުވީ އެބުނާ ފައިސާ އަކީ 2015 ވަނަ އަހަރުން ފެށިގެން ޑރ. މުއިއްޒުގެ އެކައުންޓަށް ކޮންމެ މަހަކު ޖަމާވާ ޑޮލަރަކީ އެމަނިކުފާނުގެ ރޯހައުސް އިން ކުއްޔަށް ދެއްވާފައިވާ 2 އެޕާޓްމަންޓުން ކުލީގެ ގޮތުގައި އެފަރާތްތަކުން ދައްކަމުން ގެންދާ ފައިސާ ކަމަށެވެ. މީގެ ތަފްސީލުތައް ބޭންކަށްވެސް ޑިކްލެއާ ކުރެވިފައިވާނެ ކަމަށެވެ.
އަދި އެއީ 2015ގައި ރޯހައުސް ލިބިވަޑައިގަތް ހިސާބުންފެށިގެން ކުއްޔަށް ނަގައިގެން އުޅޭ ބައެއް ކަމަށާއި ސަރުކާރަށް ދައްކަންޖެހޭ އިންކަމް ޓެސްވެސް ދައްކަވަމުން ގެންދަވާ ކަމަށެވެ.
ކުލީގެ ގޮތުގައި ފުރަތަމަ ޑޮލަރުން ފައިސާ ދެއްކި ނަމަވެސް ފަހުން ފައިސާ ދައްކަމުންގެންދަނީ އެއަދަދަށް ދިވެހި ފައިސާގެ މަގުން ކަމަށް ވެސް ތޮލާލް ވިދާޅުވިއެވެ. ޑރ މުއިއްޒި ފޮރުވަން އަދި ސިއްރު ކުރަން ވެސް އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އެއްވެސް ޝައްކެއް އޮތް ނަމަ ތަހުގީހު ކުރެއްވުމަށް ވެސް ތޮލާލް ވިދާޅުވިއެވެ.
2015 ވަނަ އަހަރުން ފެށިގެން ޑރ. މުއިއްޒުގެ އެކައުންޓަށް ކޮންމެ މަހަކު ޖަމާވާ ޑޮލަރަކީ އެމަނިކުފާނުގެ ރޯހައުސް އިން ކުއްޔަށް ދެއްވާފައިވާ 2 އެޕާޓްމަންޓުން ކުލީގެ ގޮތުގައި އެފަރާތްތަކުން ދައްކަމުން ގެންދާ ފައިސާ ކަމުގައި ދަންނަވަމެވެ. މީގެ ތަފްސީލުތައް ބޭންކަށްވެސް ޑިކްލެއާ ކުރެވިފައިވާނެއެވެ. އަދި އެއީ 2015ގައި ރޯހައުސް ލިބިވަޑައިގަތް ހިސާބުންފެށިގެން ކުއްޔަށް ނަގައިގެން އުޅޭ ބައެއް. އިންކަމް ޓެސްވެސް ދައްކަވަމުން ގެންދަވަނީ. ކުލީގެ ގޮތުގައި ފުރަތަމަ ޑޮލަރުން ފައިސާ ދެއްކި ނަމަވެސް ފަހުން ފައިސާ ދައްކަމުންގެންދަނީ އެއަދަދަށް ދިވެހި ފައިސާގެ މަގުންނެވެ. ޑރ މުއިއްޒި ފޮރުވަން އަދި ސިއްރު ކުރަން ވެސް އެއްވެސް ކަމެއް ނޯންނާނެ. އެއްވެސް ޝައްކެއް އޮތް ނަމަ ތަހުގީހު ކުރައްވާ. އެއްބާރުލުން ދެއްވާނެ.
– ތޮލާލް ވިދާޅުވިއެވެ.
ތޮލާލްވަނީ އިންތިޚާބު ހޮނިހިރު ފުވަހު ބާއްވާއިރު އެއްވެސް ކޮމެންޓެއް ހޯދުމެއް ނެތި ބޮޑު ޚަބަރެއް ސީދާ އެންޓި ކެމްޕޭން ކުރުމުގެ ނިޔަތުގައި ޖެހުމަށްފަހު ކަމުގެ ހަގީގަތް ކޮންމެ ފަހަރަކު ސާފުކޮށް ދިނުމުން އެއީ ނުވާކަމެއް ކަމަށް ހެދުމަށް މަސައްކަތް ކުރާކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން ޑރ.މުއިއްޒުއަށާއި، އެމަނިކުފާނަށް ތާއީދުކުރާ އެތައް ބައެއްގެ ހައްގަށް އުނިކަން ލިބިގެން ދާކަމަށް ތޮލާލް ވިދާޅުވިއެވެ.
One Response
އެހެންވިއްޔާ ކުއްޔަށްދިން އެގްރިމެންޓް އެބައޮތްތޯ، އަދި މީރާ އަށް ޓެކްސް ދެއްކި ސްލިޕް ހާމަ ކޮށްލަދީ..