ރައީސް ޞާލިހަށް ވޯޓުލުމަށް ސްޓެލްކޯ މުވައްޒިފުންގެ ކިބައިން ޝަރީފް އެދިއްޖެ!

ރައީސް ޞާލިހަށް ވޯޓުލުމަށް ސްޓެލްކޯ މުވައްޒިފުންގެ ކިބައިން ޝަރީފް އެދިއްޖެ!

Author
މުޙައްމަދު ޝަޒައިމް
01 ސެޕްޓެމްބަރ 2023 11:35
0

މިމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ސްޓެލްކޯގެ މުވައްޒިފުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވޯޓު ދެއްވުމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އެދިވަޑައިގެންފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ޝަރީފް ހަވާލުވިފަހުން ގެނެވުނު ބަދަލުތަކާއި އަދި ކުރިއެރުންތަކާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ޝަރީފް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުންވެސް މުވައްޒިފުންނަށް މެސެޖުތަކެއް ދެއްވާފައެވެ. ޝަރީފް ވިދާޅުވީ ކުންފުންޏަށް ގެނެވުނު ހެޔޮ ބަދަލުތަކާއިއެކު އެ ހެޔޮބަދަލު ދަމަހައްޓަން ބޭނުންވާ ކަމަށެވެ. އެކަން ކުރެވޭނީ މިސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ކުރިއަށް ދެވިގެން ކަމަށާއި އެހެންކަމުން މިހާރުގެ ރައީސަށް ވޯޓު ދިނުމަކީ އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މުވައްޒިފުންގެ ވިސްނުން ހުރިގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. ވަކިވަކި މުވައްޒުފުން ވޯޓު ދެއްވާނީ ކޮން ބޭފުޅަކަށް ކަމަށާއި، މުވައްޒިފުންގެ ތެރެއިން ވަކި ގޮތެއް ނުނިންމަނީ ކޮން މުވައްޒިފުންނެއް ކަންވެސް އެނގޭކަމަށެވެ. މުވައްޒިފުން ވޯޓުދޭގޮތް ބަލާފައިވަނީ މަކި ކަމެއް ކުރުމަށް ނޫންކަމަށާއި، ނަމަވެސް އެކަން ސާފުކުރީ ކޮން ބޭނުމެއްގައި ކަން ފަހުން ދަންނަވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މުވައްޒިފުންނަށްވެސް އަދި ކުންފުންޏަށްވެސް އެންމެ ރަނގަޅު ގޮތަކީ މިއިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވޯޓު ދިނުން ކަމަށެވެ. އެގޮތަށް ޢަމަލު ކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދޮންކާފަ
ޝަރީފު ހޭބަލިވިއަސް ލާހިކެއްނޫން ތިކަން ކުރާކަށް ސުޓެއްކޯއެންމެނެއް ވޯޓެއްނުދޭނެ ތި ނުކުޅެދޭ ނާގާބިލު ނާއިންސާފު އަނިޔާވެރި ކަލޭގެއަކަށް، ހަނދާންނައްތާލާ ވޯޓުންވައްކަންކުރިޝަރީފޫ.!
ކ ކުންފުނިން
ކުންފުންޏައްވެސްް އަދިި ރައްޔިތުންނައްވެސްް އެންމެެ ފައިދާބޮޑުގޮތަކީީ މިސަރުކާރުބަދަލުކޮއްް ޝަރީފުު ޖަލުގައިި ބެހެއްޓުންް މިހާރުު ކަރަންޓްބޭނުންނުކުރިޔަސްް ބިލައްއަރާވަރުު ބޮޑުވަނީީ ގަބޫލުކުރެވެނީީ ޝަރީފުމެންް ވަރައްް ބޮޑައްް ނާޖާއިޒުު ކަންތައްތައްް ކުރުމުގަަ ސްޓެލްކޯޯގެެ ފައިސާއާް ވަސީލަތްތައްް ބޭނުންކުރާތީި އެކަންތަކައްް ބޭނުންކުރާނެެ ފައިސާާ ރައްޔިތުންނައްް ނާންގާާ ރައްޔިތުންގެެ އަތުންނަގާތީއޭޭ ތިގޮތައްް ބިލްތައްް ބޮޑުވަނީީ ސަރީފައްް އިބޫސަރުކާރުަ އައިފަހުންް ހޯދިި ނާޖާއިޒުު މުސްސަދިކަންް ހޯދާބަލާނެެ ދުވަހަކުންް ލައްކަބައިވަރުު ކަންތައްް ރައްޔިތުންނައްް ހާމަވާނެެ މިހާރުވެސްް ސްޓެކޯމީހުންްނައްވެސްް ނުވަދެވޭގޮތައްް ތިތާތެރޭގަަ އިންޑިޔާމީހުންލައްވާާ އިލެކްޝަނާގުޅޭޭ ކަންތައްގަޑެއްް ހިންގާވާހަކަަ މީޑިއާތަކުންް ފެންނަނީީ