މިއީ އުފާވެރި އަމާން ރާއްޖެއެއް ނޫން، މިއީ ދަރަނި ރާއްޖެ: ޢަލީ ވަޙީދު

މިއީ އުފާވެރި އަމާން ރާއްޖެއެއް ނޫން، މިއީ ދަރަނި ރާއްޖެ: ޢަލީ ވަޙީދު

ގުޅުންހުރި

މިއީ އުފާވެރި އަމާން ރާއްޖެއެއް ނޫންކަމަށާއި، މިއީ ދަރަނި ރާއްޖެއެއްކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ކެމްޕެއިން އޭޖެންޓް ޢަލީ ވަޙީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އުފާވެރި އަމާން ރާއްޖެއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕެއިންގެ ސްލޯގަންއެވެ. ޤާސިމް އަރިހުގައި ޅ.ނައިފަރަށް ވަޑައިގެން ޢަލީ ވަޙީދު ވިދާޅުވީ، އުފާވެރި އަމާން ރާއްޖެ މިއޮތީ ދަރަނިތަކުން ދަރާފައިކަމަށެވެ. ދިވެހީންގެ ރާއްޖެ ދަރާފައި އޮތީ އިންތިހާއަކަމަށް ވިދާޅުވެ ޢަލީ ވަހީދު ވަނީ ދައުލަތުން ބޮޑެތި ދަރަނިތައް ނަގާފައިވާކަން ފާހަގަކުރައްވާފައެވެ.

ޢަލީ ވަޙީދު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ދަރަނި ބޮޑުވެފައިވާތީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭނީ 2026 ވަނަ އަހަރުއެވެ. އެ އަހަރު ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ ބަނގުރޫޓުވުމާއި ހަމައަށް ގޮސްފައިވާކަަމށް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެއެވެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ދާދި ފަހުން ވިދާޅުވެފައިވަނީ، މިފަސް އަހަރު ނިމުނުއިރުވެސް ގައުމު ނުދަރާ ކަމަށެވެ. ގައުމު ދަރާ ވާހަކަ ދައްކާއިރު, ދަރަނިވެރިވިޔަ ނުދީ ހިފެހެއްޓުމަށް އެ ބޭފުޅުން ގެންގުޅޭނެ ސިޔާސަތުތަކެއް ވާދަވެރިންނަށް ބުނެނުދެވޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ދަރަންޏައި ގުޅޭގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ދަރަނިތައް ދައްކާ ނިންމަވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ