ބުރަ މަސައްކަތުން ގެނައި ހެޔޮ ބަދަލު ދަމަހައްޓައިގެން ނޫނީ ތަރައްޤީ ޔަގީން ނުކުރެވޭނެ: އަމީތު

ބުރަ މަސައްކަތުން ގެނައި ހެޔޮ ބަދަލު ދަމަހައްޓައިގެން ނޫނީ ތަރައްޤީ ޔަގީން ނުކުރެވޭނެ: އަމީތު

ކުރީގައި އޮތް އަނިވާރި ކަމާއި، ބިރުވެރި ހާލަތުން އަރައިގަނެ ގެނައި ހެޔޮ ބަދަލު ދަމަހައްޓައިގެން ނޫނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް އަންނަން ޖެހޭ ހެޔޮ ބަދަލު ނާންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ހއ.އަތޮޅަށް މިނިސްޓަރ ޝާހިދާއިއެކު ކުރައްވާ ދުރަތުގައި އެއަތޮޅު ދިއްދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ 2018 ވަނަ އަަހަރު ދިވެހި ރައްޔިތުންގެ ކައިރިން އޭރުގެ ސަރުކާރާއި އިދިކޮޅު ހުރިހާ ފަރާތްތަކުން އެދެމުންދިޔައީ އަނިޔާވެރިކަމާއި، ބިރުވެރިކަމުގެ ހާލަތު ބަދަލު ކުރުމަށް ކަމަށެވެ. އެހާލަތު ބަދަލުކޮށް ރާއްޖެއަށް އައި ހެޔޮ ބަދަލުގައި ތިލަދުން މައްޗަކީ އަދި ދިއްދުއަކީ ހިއްސާ ބޮޑު ތަނެއްކަމަށް އަމީތު ވިދާޅުވިއެވެ.

ރައްޔިތުން އެދުވަހު ހާލަތު ބަދަލު ކުރަން ދިން ވޯޓުގެ ނަތީޖާ ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ފެންނަމުންދާ ކަމަށާއި، މިސަރުކާރުން ތަރައްޤީ ކޮށްދެއްވަނީ އެއްވެސް ތަފާތެއްނެތި ހުރިހާ ރަށަކަށްވެސް ހަމަހަމަ އުސޫލުންކަމަށް އަމީތު ވިދާޅުވިއެވެ.

އޭރު އަޅުގަނޑުމެން ބުނީ އަނިޔތާވެރިކަން އޮވެގެން ތަރައްޤީ ނުކުރެވޭނެކަމަށް. ހާލަތު ބަދަލު ކުރުމަށް ދެއްވި ވޯޓުގެ ނަތީޖާ މިއަދު ފެނޭ. މިއަދު ނެތް އަނިޔާވެރިކަމެއް. މިއަދު ހަމަނުޖެހުމެއް ނެތް. މިއަދު މުޅި ރާއްޖެއަށް ވަނީ އުފާވެރިކަން އައިސްފަ. އަޅުގަނޑުމެންނަށް ކުރަން އުދަނގޫ ކަމަކީ ހެޔޮ ބަދަލެއް ގެނައުމަށްފަހު އެބަލު ދެމެހެއްޓުން. އެއީ އުދަނގޫ ބުރަ ބޮޑު މަސައްކަތެއް. އެކަން ކޮށްގެން ނޫނީ ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ނުކުރެވޭނެ.

– އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ރާއްޖެއަށް މިސަރުކާރު އައިފަހުން އައި ހެޔޮ ބަދަލާއި އެކު މިކަން ދެމެހެއްޓުމަށް އަދި އިތުރަށް ތަރައްޤީ ކުރުމަކީ ރައްޔިތުން އެދޭ ގޮތްކަމަށެވެ. އަމީތު ވިދާޅުވީ ދިއްދޫ ހޮސްޕިޓަލާއި، ބިން ހިއްކުމަކީ ރައީސް ޞާލިހު ކޮށްދެއްވާނެ ކަންތައްތައް ކަމަށެވެ. އެކަންކަމުގައި ރައްޔިތުން ޝައްކު ނުކުރުމަށް އަމީތު ވަނީ އެދިވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *