ދުވާފަރު ޕީޕީއެމް ލަޝްކަރު، ދައްކާލީ މުއިއްޒުއަށް އޮތް ތާއީދު!

ދުވާފަރު ޕީޕީއެމް ލަޝްކަރު، ދައްކާލީ މުއިއްޒުއަށް އޮތް ތާއީދު!

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2023 07:18
0

ރ.ދުވާފަރު ރައްޔިތުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ތިބި ގޮތް ސާފު މަންޒަރުން ދައްކާލައި އެރަށުގައި މުއިއްޒުއަށް ތާއީދު އޮތް މިންވަރު ދައްކާލައިފިއެވެ.

ރިޔާސީ ކެމްޕޭންގައި ޑރ.މުއިއްޒު މިއަދު ހަވީރު ދުވާފަރަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އާދަޔާއި ޚިލާފް ހޫނު މަރުހަބާއެއް ކިޔާފައެވެ. މުޅި ދުވާފަރު ބަނދަރު އޮތީ ފިޔާތޮށި ކުލައިން ޒީނަތްތެރިކޮށް ޖަރީކޮށްފައެވެ. ކުދިބޮޑު އެންމެން މުއިއްޒުއަށް މަރުޚަބާ ދެންނެވުމަށް ދިގު ސަފެއްގައި އެތުރިގެން ތިބިއިރު އެންމެންނެވެސް ގޮވަމުންދިޔައީ ދުވާފަރުން އެއްބުރުން މުއިއްޒު ކާމިޔާބު ކުރާނެކަމަށެވެ.

މުއިއްޒުއާއި ޓީމު ދުވާފަރަށް ފޭބުމާއިއެކު ދުވާފަރުގެ ރައްޔިތުންގެ ހަޅޭކުގެ އަޑާއި ސަޕޯޓާއިއެކު ސަފުގައި ތިބި މީހުންނާއި ސަލާން ކުރަމުން ގޮސް ސަފުގައިި ތިބި އެންމެންނާއި ސަލާން ކޮށް ނިމުނީ 45 ވަރަކަށް މިނުޓް ފަހުންނެވެ. މިއީ ފޯއްމުލަށް ފިޔަވައި މުއިއްޒުއަށް މިހާބޮޑު މަރުޚަބާއެއް ދެންނެވި ރަށެވެ.

މުއިއްޒުއަށް އޮތް ތާއީދު ދުވާފަރުން ފެނިގެން ދިޔައިރު ދުވާފަރަކީ ނިމިދިޔަ މަޖިލިސް އިންތިޚާބު ފިޔަވައި ގިނަ އިންތިޚާބު ތަކުގައި ޕީޕީއެމްއަށް މެޖޯރިޓީ ލިބޭ ޕީޕީއެމްގެ ރަށެއްގެ ގޮތުގައިި ފާހަގަކުރެވޭ ރަށެކެވެ.

ރ.އަތޮޅަށް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގެ ރަށްތަކުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއާއިއެކު ރ.އަތޮޅުން ބޮޑު މެޖޯރިޓީއެއް ލިބޭނެކަމަށް ޕީޕީއެމް، ޕީއެންސީން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.