ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މާދަމާ ރ. ބ. އަދި ޅ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުފައި ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
ޑރ. މުއިއްޒުގެ ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވީ މާދަމާ ޑރ. މުއިއްޒުގެ ކެމްޕޭން ދަތުރުފުޅު ފައްޓަވާނީ މާދަމާ ރ.އަތޮޅުންކަމަށެވެ. ކެމްޕޭންގައި މުއިއްޒު ގެންދަވަނީ އެއްވެސް ވަގުތުކޮޅެއް ބޭކާރުކޮށް ނުލައި ވީހާވެސް ގިނަ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާިއ ބައްދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިރޭ ހުވަދު އަތޮޅަށް ކުރެއްވި ދަތުރު ނިންމާލުމަށްފަހު މުއިއްޒުއާއި ޓީމު މާލެ ވަޑައިގަންނަވާއިރު މާދަމާ ހެނދުނާ ކެމްޕޭނަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.
މިދަތުރުފުޅުގައި މުއިއްޒު ފުރަތަމަ ވަޑައިގަންނަވާނީ ރ. އަލިފުއްޓަށެވެ. އޭގެ ފަހުން ރ.އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގެންނެވުމަށްފަހު އަނެއް ދުވަހު ވަޑައިި ގަންނަވާނީ ބ. އަތޮޅަށެވެ. އަދި އަންނަ މަހުގެ ފުރަތަމަ ދުވަހު ވަޑައި ގަންނަވާނީ ޅ.އަތޮޅުގެ ރަށްތަކަށެވެ. ޅ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރަށްފަހު މުއިއްޒު މާލެ ވަޑަައި ގަންނަވާނީ އެރޭ އޮންނަ ރިޔާސީ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ރ، ބ އަދި ޅ އަތޮޅު ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅު
އޯގަސްޓް 29 އިން ސެޕްޓެމްބަރ 1 އަށް@MMuizzu @ProgressPartyMV #Vote4Muizzu #DrMuizzuSembe2023 #DhiveheengeRaajje #FreePresidentYameen pic.twitter.com/gy3QIb20Oq
— Mohamed Tholal (@Tholal) August 28, 2023
މުއިއްޒު މިހާތަަނަށް ވަޑައިގެންނެވި އަތޮޅުތަކުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި މިއިންތިޚާބު ކާމިޔާބު ކުރުމަށް މުއިއްޒުއަށް ރަށްތަކުން ލިބިފައިވާ ބޮޑު ސަޕޯޓާއިއެކު އިންތިޚާބު އެއް ބުރުން ކާމިޔާބު ކުުރުމަކީ އިދިިކޮޅު ކޯލިޝަންގެ އަމާޒެވެ.