ވިލިނގިލި އެކީ ނިކުމެ ބުނީ މުއިއްޒު ހޮވާނީ "އެއްބުރުން" ކަމަށް!

ވިލިނގިލި އެކީ ނިކުމެ ބުނީ މުއިއްޒު ހޮވާނީ "އެއްބުރުން" ކަމަށް!

ދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މި ރަށަށް ވަޑައިގެންނެވުމަށް ޝެޑިއުލްކޮށްފައި އޮތީ އަތޮޅުގެ ހަތް ރަށަކަށް ވަޑައިގަތުމަށް ފަހު މިއަދު ހަވީރު ފަހެއް ޖަހަނިކޮށެވެ. އެހެންވެ، މި ރަށުގެ ބަނދަރު ސަރަހައްދު އޮތީ ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ.

މިއަދު އިރުއޮއްސި 6:00 ގައި ވިލނގިލީ ބަނދަރުން މުއިއްޒު ރަށަށް ފައިބައިވަޑައިގެންނެވިއިރު، ކޮޅު ފެންނަން ނެތް ދިގު ސަފެއް ދަމާލައި، އެތައް ބަޔަކު ފޯރިނަގަމުންނެވެ. "މުއިއްޒު ހޮވާނީ އެއްބުރުން" ކަމަށް ގޮވަމުން، ނަށަމުން، ބެރުޖަހަމުންދިޔައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވާނެ ކަމަށް ބެލެވޭ އިދިކޮޅު ކެންޑިޑޭޓު މުއިއްޒަށް މަރުހަބާ ދެންނެވުން ކުރިއަށް ގެންދިޔައީ ފޯރިގަދަ ބޮޑުބެރު ހަރަކާތްތަކާ އެކުގައެވެ. މުއިއްޒު ވަނީ އެ ހުރިހާ އެންމެންނާއި ސަލާމްކޮށް، ފޮޓޯ ނެންގެވުމުގައި ބައިގަޑިއިރެއްހާ އިރު، ހޭދަކުރައްވައިފައެވެ.

މުއިއްޒުގެ ސަޕޯޓަރުން ގޮވާލާފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި "ކެންޑިޑޭޓު ހަތަރެއް، އެއް ބުރުން"، ޕީޕީއެމް "ކިއްލާއަކީ ވިލިނގިލި" މިފަދަ ޝުއޫރުތައް ފާޅުކޮށްފައިވެއެވެ. އެމީހުން ގޮވަމުން ދިޔައީ، ރަށުން ބޭރުން ގެނެސްފައި ހުރި އެކަކު ވެސް ސަފުގައި ނުހުންނާނެ ކަމަށެވެ. ސަފު ހަދައިގެން ތިބި އެންމެންނަކީ ބިރު ފަހަނަ އަޅައި ގޮސް ވެރިކަން ނިންމަން ތިބި މީހުން ކަމަށް ވެސް ވިލިނގިލީގައި ތިބި އިދިކޮޅު ސަޕޯޓަރުން ގޮވާފައިވެއެވެ.

މި މަރުހަބާގައި ފާހަގަ ކުރެވުނު އެންމެ މުހިންމު ކަމަކީ ރަދުންނަށް އަރުވާ ހަތްކޮޅުގެ މަރުހަބާއެއް މި ރަށުން މުއިއްޒަށް ކީ ކަމެވެ. ރަދުން މަރުހަބާ ކިޔަން ކުރީ ޒަމާނުގައި ބޭނުން ކުރާ އެ ޒާތުގެ ކުޑައެއް ހިފައިގެން މުއިއްޒުގެ ފަހަތުން ބޮޑުބެރާ އެކުގައި އާދެއެވެ.

ހަތްކޮޅު އެރުވުމަކީ ދިވެހި ރަދުން ރަށްރަށަށް ވަޑައިގަންނަވާއިރު އާއި ހުކުރު ނަމާދަށް ވަޑައިގަންނަވާއިރު އާއި، ހިއްޗަށް ވަޑައިގަންނަވާއިރު ވެސް އެ ރަދުންނަށް އިއްޒަތް އެރުވުމުގެ ގޮތުން އަރުވާ އެއްޗެކެވެ. އެހެންވެ، މި ރަށުގައި ތިބި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވެސް މުއިއްޒަށް މި އެރުވީ އިއްޒަތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *