ނަޑެއްލާގެ އެމްޑީޕީ މައި އެއް ތަނބު މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް!

ނަޑެއްލާގެ އެމްޑީޕީ މައި އެއް ތަނބު މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
27 އޮގަސްޓް 2023 02:39
0

ގދ.ނަޑެއްލާގެ އެމްޑީޕީ މައި އެއް ތަނބު ރިޔާސީ އިންތިޚާބުގައި ޑރ. މުހައްމަދު މުއިއްޒުއަށް ތައީދުކޮށް ޕީޕީއެމްއާއި ގުޅިއްޖެއެވެ.

މިއަދުގެ އެންމެ ހޫނު ގަދަ ގަޑީގައި މުއިއްޒުއާއި، މުއިއްޒުގެ ޓީމުން ނަޑެއްލާއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބައެއް ދަންނަވާފައެވެ. ނަޑެއްލާ ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި ބައްދަލުުމަށްފަހު އެރަށު އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ޢަބްދުﷲ ރަޝީދު ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ.

އޭނާ ޕީޕީއެމްއަށް ސޮއިކޮށް ފޯމު ހަވާލު ކުރެއްވީ ޑރ.މުއިއްޒުއާއިއެވެ. މުއިއްޒު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުގައި މިއަދު ވަނީ ގައްދޫއަށްވެސް ވަޑައިގެންފައެވެ. އަދި މިރޭ ތިނަދޫގައި ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިޚާބުގައި ހުވަދު އަތޮޅުގެ ބޮޑު ތާއީދެއް ލިބޭނެކަމަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.