މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރެވެން ހަމައެކަނި އޮތީ ރައީސް ޔާމިންގެ ވެރިކަމުގައި ހިއްކި ހުޅުމާލޭ ފޭސް 2 އިން ކަމަށާއި، އެހެންކަމުން ރައްޔިތުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ދޭންވީ ރައީސް ޔާމިންގެ ރުހުން އޮތް ކެނޑިޑޭޓަށް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. ޚަލީލު ވިދާޅުވެއްޖެއެވެ.
އަދި ހިއްކިފައި ނުވާ ފުން ފަޅުތަކުން ގޯތި ދޫކުރުމަށް މި ސަރުކާރުން މިހާރު ކުރިޔަށް ގެންދާ "ބިންވެރިޔާ ސްކީމް"އަށް އިޝާރާތް ކުރައްވަމުން ޑރ. ޚަލީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން ބިންވެރި ކުރެވޭނީ ބިން އުފައްދަައިގެން ކަމަށާއި، ރައްޔިތުންނަށް ގޯތި ދިނުމުގައި ތެދުވެރި ނިޔަތެއް އޮތްނަމަ އެކަން ކުރާނީ ދައުރު ނިމި، ރިޔާސީ އިންތިޚާބާއި ކުރިމަތި ވީމަ ނޫންކަމުގައެވެ. ޑރ. ޚަލީލް އިތުރަށް ވިދާޅުވީ އޭގެއިން ދައްކުވައިދެނީ، ރައްޔިތުންނަށް ގޯދި ދިނުމުގައި ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ އިޚްލާސްތެރިކަމެއް ނެތްކަން ކަމުގައެވެ.
Male' rayyithunnah Goathi dhookureven hama ekani othee Raees Yameen ge verikamugai hikkevi Hulhumale' Phase 2 in. Ehenveema, binveri kureveyne bin ufahdhaigen, Rayyithun vote dheynama vote dheynvee Raees Yameen ge ruhun oi Candidate ah. E ee Candidate no: 4, Dr. Muizzu.
Male'… https://t.co/Cv5AIgBj9h— Dr. Abdulla Khaleel (@abkhaleel) August 27, 2023
މިސަރުކާރުން ގޯތި ދޫކުރުމުގައި އިޚްލާސްތެރިކަމެއް ނެތްކަމަށް ޑރ. ޚަލީލު ވިދާޅުވެފައިވާއިރު، ރައީސް ސާލިހުގެ ސަރުކާރުން މިހާރުވަނީ ބިންވެރިޔާ ސްކީމުގެ ދަށުން 9001 ގޯތި ދިނުމަށް ނިންމާފައެވެ. އޭގެތެރޭގައި ހުޅުމާލޭން 1351 ގޯތި، ގުޅިފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ގޯތި ހިމެނެއެވެ. އެހެންނަަމަވެސް ހުޅުމާލެ ފިޔަވާ ދެން ގޯތި ދޫކުރުމަށް ނިންމާފައިވާ ބިންތައް އަދި ދަނީ ހިއްކަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ ގިރާވަރުފަޅު އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ހިއްކާ ނިންމާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކުގެ ރަޖިސްޓްރީ ފާއިތުވެދިޔަ ބުރާސްފަތި ދުވަހު ހަވާލުކުރަން ފަށާނެކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުންޏެވެ. ނަމަވެސް އިދާރީ މަސައްކަތް ނުނިމޭތީ ރަޖިސްޓްރީ ދޫކުރަން ފަށަން މިހާރު ހަމަޖެހިފައިވަނީ މި ހަފްތާގައެވެ.
One Response
ޑ.ޚަލީލު ތިވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް، މިޣައްދާރު ސަރުކާރުން ރައިއްޔަތުންނަށް ކޮށްދޭ ކޮންމެ ކަމަކީވެސް ރޔާމީންގެ އިޚުލާސްތެރި މަސައްކަތްޕުޅުތަކުން ނާޒާއިޒު ގޮތުގާ ފައިދާނަގައިގެން ހީލަތްތެރި މަކަރުވެރި ރޭވުންތައް ރާވައިގެން ކޮށްދޭ ކަންކަން، މިސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ހެއޮދަރުމައާ ސަވާބު ލިބޭނީ ރޔާމީނަށް، އިންޝާﷲ.