ޑރ. އަނާރާ ނައީމްގެ ތާޢީދު ޑރ. މުއިއްޒަށް!

ޑރ. އަނާރާ ނައީމްގެ ތާޢީދު ޑރ. މުއިއްޒަށް!

Author
މުޙައްމަދު ޝަޒައިމް
25 އޮގަސްޓް 2023 01:31
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދު ކުރެއްވުމަށް ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައިމް ނިންމަވައިފިއެވެ.

ޢަދާލަތު ޕާތީއަށް ރައްޔިތުންގެ މަޖިލީހުގެ ގޮޑިއެއް ހޯއްދަވައި ދެއްވި ހަމައެކަނި މެމްބަރު އަނާރާ ނައީމައީ ގިނަ ބައެއްގެ ތައީދާއި ލޯބި ލިބިފައިވާ ކަނބަލެކެވެ. އަނާރާ ނައީމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރެވެ.

މުއިއްޒަށް ތާއީދުކުރެއްވި ކަން ހާމަކޮށް އަނާރާ ވިދާޅުވީ އޭނާ މުއިއްޒަށް ތާއީދު ކުރެއްވީ ރާއްޖޭގެ ޚަރިޖީ ސިޔާސަތާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިޢާޔަތް ކުރައްވައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައި ދެއްވާނެކަމުގެ ޔަގީނަކަން އޮތުމުންކަމަށެވެ.

އަޅުގަނޑުގެ ތާއީދު ޑރ.މުޢިއްޒުއަށް. ދިވެހީންނަށްފަހި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެކަމަށާއި އިސްލާމްދީނުގެ އުޞޫލުތަކަށް ރިޢާޔަތް ކުރައްވާނެކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވި. އެންމެންގެ ވޯޓު ކެންޑިޑޭޓް ނަންބަރ 4 އަށް.

– އަނާރަ ވިދާޅުވިއެވެ.

އަނާރާއަކީ އިސްމާލީ މައުލޫމާތު ފެތުރުމާއި ދީނީ ދަރުސް ދެއްވުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ.

ޑރ.އަނާރާ ނައީމް އަދާލަތު ޕާޓީގެ މެންބަރު ކަމުން ވަކިވެވަޑައިގެންނެވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަނާރާ އަދާލަތު ޕާޓީން ވަކިވުމާއިއެކު އެޕާޓީގެ ކުރީ ސަފުން މިހާތަނަށް ހަމައެކަނި ފެނުނު ދެބޭކަނބަލުން ވެސް ވަނީ ޕާޓީން ވަކިވެފައެވެ. އަނާރާ ފިޔަވައި އަދާލަތު ޕާޓީގެ ކުރީ ސަފުން މީގެ ކުރިން ފެނުނު ހަމައެކަނި ބޭކަނބަލަކީ ޝިދާތާ ޝަރީފެވެ. ޝިދާތާ މިހާރު މަސައްކަތް ކުރައްވަނީ އެމްއެންޕީގައެވެ.

އަނާރާ ވަނީ އައިއޯސީސީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވަރަވެސް ބިންދާލި
ސަލި ކަމެއް ތިކޮއްލީ . އަނާރާނަމޫނާއަކަށް ބަލާ އަންހެން ކަބަލުން ތިބޭނެ .
އ އަލީރަޝީދު ހުޅުމާލެ
ތިޔައަކީ އަޖާއިބެއް ނޫނެވެ. ސަލަފުގެ އެންމެން ތިތަނަށް ޖަމާވާނެއެވެ. ދެރަކަމަކީ މުއިޒަކީ ވަރަށް ގިނަ މީހުންގެ ހައްގުތައް ކުރިން ހައުސިންގ މިނިސްޓްރީގައި ހުރިއިރުވެސް ނިގިޅައިގަނެފައި ހުރި ހީލަތްތެރިއަކަށް ވީމައެވެ.
ރ ރައްޔިތުމީހާ
ޑރ އަނާރާ ނަޢީމަކީ ހެޔޮގޮތްވިސްނޭ ޤައުމުދެކެ ލޯބިފުޅުވާ ވަޠަނީ ކަނބަލެއް