ދުވާފަރު ތަފާތު، ރައީސަށް މަރުހަބާ ދަންނަވަން ބައިގަޑިއިރު!

ދުވާފަރު ތަފާތު، ރައީސަށް މަރުހަބާ ދަންނަވަން ބައިގަޑިއިރު!

Author
އަހުމަދު
23 އޮގަސްޓް 2023 07:50
0

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. ދުވާފަރަށް ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ދުވާފަރަކީ މީގެކުރިން ޕީޕީއެމްގެ އެއް "އައްޑާ"ގެ ގޮތުގައި ބެލެވިފައި އޮންނަ ރަށެކެވެ. އެކަމަކު، ރައީސް ސޯލިހް މިއަދު އިރުއޮއްސުނު ފަހުން، ދުވާފަރަށް ވަޑައިގެންނެވި އިރު، ފެނުނީ މުޅީން ތަފާތު މަންޒަރެކެވެ. އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވިއެވެ.

ދުވާފަރުން ރައީސް ސޯލިހަށް މަރުހަބާ ދަންނަވަނީ. — ފޮޓޯ: އެމްޑީޕީ

އެ ހުރިހާ އެންމެންނާ ސަލާމްކޮށް، ފޮޓޯ ނެންގެވުމުގައި ރައީސް ވަނީ ބައިގަޑިއިރު ހޭދަ ކުރައްވައިފައެވެ. ދެވަނަ ދައުރެއް ހޯއްދެވުމަށް ރައީސް ކުރައްވަމުން ގެންދަވާ ކެމްޕެއިންގައި އެންމެ ހޫނު މަރުހަބާއެއް ކީ އެއް ރަށަށް ވާނީ ޔަގީނުން ވެސް ދުވާފަރެވެ. ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތަކާ އެކުގައި ކުރިއަށް ދިޔަ، މަރުހަބާ ދެންނެވުމުގައި މުޅިން ހެން ފެނިފައި ވަނީ ރީނދޫ ކުލައިގެ ފޮތިތަކެވެ. ގިނަ ބަޔަކު ތިބީ ރީނދޫ ކުލައިގެ ހެދުމާއި ޓީޝާޓުގައެވެ.

ދުވާފަރުން ރައީސް ސޯލިހަށް މަރުހަބާ ދަންނަވަނީ. — ފޮޓޯ: އެމްޑީޕީ

އެ ރަށުން ސިފަވެފައި ވަނީ އާދަޔާ ހިލާފް ރޫހެއްގައި ރައީސް ސޯލިހް ހޮވަން ތިބި ތަނެވެ.

"މިއީ ހަގީގަތުގައި ބުނާ ނަމަ، ރައީސް ވަޑައިގެންނެވި ރަށްތަކުގެ ތެރެއިން އެންމެ ޖޯޝާއި ފޯރި ގެނުވި އެއް މަރުހަބާ. އަޅުގަނޑަށް ހަމަ ގައިމުވެސް މި ފެނުނު ހަރަކާތްތަކުން ދިރުން ގެނުވައިފި،" ރައީސްއާ އެކުގައި ކެމްޕެއިން ޓީމުގައި ބައިވެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވިއެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ދަތުރުފުޅު ފެއްޓެވީ މިއަދުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު މިރޭ ދުވާފަރުގައި ބޮޑު ޖަލްސާއެއް ބާއްވާނެއެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ދުވާފަރުގައި ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގައިފައެވެ. ދުވާފަރުގައި ރީޖަނަލް ޖޮބް ސެންޓަރެއް ގާއިމުކޮށްފައިވާ އިރު، އެ ރަށުގައި ވަނީ ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށްފައެވެ. އަދި ޒަމާނީ ޓާފް ދަނޑަކާއި ބިން ހިއްކުމުގެ މަޝްރޫއު ވެސް ވަނީ ފުރިހަމަކޮށް ދެއްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވަރަބިންދާލި ކޮތަރު
މާދަމާ މުއިއްޒު ވަޑާގަތަސް ބުރުގާ ގެ ކުލަބަދަލު ކޮއް މަރްހަބާދަންނަވަން ދާނެ . ހަގީގީ މަރްހަބާ އެދަންނަވަނީ މުއިއްޒުއަށް . ބިރެއް ނެތި ޖެހިލުން ވުމެެއް ނެތި ޔަގީން ކަމާއިތުބާރުގަ . ރައިސްއަށް އެޖައްސަނީ ފޭކް . ވަޒީފާގެ ބިރަށް އާއިލާމީހަކަށް މަގާމް ގެއްލިދާނެތީ . ލިބިފައޮތް މަގާމަށް .