ރަފިއްޔާއަށް ހަމާދިން މައްސަލަ 3 ދުވަސް ފަހުން އެޗްއާރުސީއެމްއިން ކުށްވެރިކޮށްފި

ރަފިއްޔާއަށް ހަމާދިން މައްސަލަ 3 ދުވަސް ފަހުން އެޗްއާރުސީއެމްއިން ކުށްވެރިކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 އޮގަސްޓް 2023 10:04
0

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު ޑރ.އައިޝަތު ރަފިއްޔާއަށް އެޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް ހަމަލާދިން ކަމަށް ބުނާ މައްސަލަ ތިން ދުވަސް ފަހުން ހިއުމަންރައިޓްސް ކޮމިޝަނުން ކުށްވެރި ކޮށްފިއެވެ.

އެޗްއާރުސީއެމްއިން ބުނީ މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު ޑރ. އައިޝަތު ރަފިއްޔާއަށް އެ ޕާޓީގެ ކައުންސިލް މެމްބަރަކު ހަމަލާ ދީފައިވާ ކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ހިދުމަތުން ހަލުވިކަމާއެކު ކުރިޔަށް ގެންދިއުމަށް ވަނީ ގޮވާލާފައެވެ.

ހުރިހާ ފަރާތްތަކުންވެސް އެކަކު އަނެކަކުގެ ހައްގުތަކަށް އިޚްތިރާމްކޮށް، މިފަދަ އަމަލުތައް ނުހިންގުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން. އެޗްއާރުސީއެމްއިން ބުނެފައިވެއެވެ.

މިމައްސަލާގައި ރަފިއްޔާ ވިދާޅުވެފައިވަނީ އައްބާސް އޭނާއަށް ހަމަލާދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭން ކަމަށެވެ. ނަމަވެސް ހާދިސާ ހިނގީ ކޮން ސަބަބަކާއި ހުރެ ކަމެއް ރަފިއްޔާ ހާމަ ކޮށްފައެއް ނުވެއެވެ. މިމައްސަލާގައި އައްބާސް ވިދާޅުވީ އޭނާ ރަފިއްޔާއަށް ހަމަލާދީފައި ނުވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.