އައްޝައިޚް އުޘްމާން އަބްދުﷲގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ގެނެސްފި

އައްޝައިޚް އުޘްމާން އަބްދުﷲގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ގެނެސްފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ށ. އަތޮޅުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރެއްވި، އައްޝައިޚް އުޘްމާން އަބްދުﷲގެ ހަނދާނުގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.

އުމުރުފުޅުން 85 އަހަރުގައި، ޝެއިހް އުސްމާން އަބްދުﷲ އަވަހާރަވީ އިއްޔެ ފަތިހުގެ ވަގުތެއްގައެވެ.

އަލްމަރުހޫމް އުސްމާން އަބްދުﷲ ވަނީ 23 ފެބްރުއަރީ 1980 އިން ފެށިގެން 23 ފެބްރުއަރީ 1985 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ މިލަދުންމަޑުލު އުތުރުބުރީގެ މެންބަރުކަން ކުރައްވާފައެވެ. އަދި 1980 ގައި އެކުލަވާލެވުނު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައިފައެވެ.

ހަމަ އެހެންމެ އިސްލާމްދީން އުނގަންނައިދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން ޝެއިހް އުސްމާން އަބްދުﷲ ވަނީ ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ޝެއިހް އުސްމާން އަބްދުﷲ އަކީ ރޭޑިއޯ އަދި ޓީވީ މެދުވެރިކޮށް ގެނެސްދޭ އެކިއެކު ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވެ ވަޑައިގެން މަޢުލޫމާތު ދެއްވުމުގައި ދެމި ހުންނެވި ގިނަ ބައެއްގެ ތެރޭގައި މަގްބޫލު ދީނީ އިލްމުވެރިއެކެވެ. ދީނީ ފޮތްތައް ތަރުޖަމާ ކުރެއްވުމާއި، ދީނީ ދަރުސްތައް ދެއްވުމުގައި އެ މަނިކުފާނަކީ މަގްބޫލު ބޭފުޅެކެވެ. ދަރުސްތައް ދެއްވުމަށް މާލޭގެ އިތުރުން ރާއްޖޭގެ އެކިއެކި ރަށްރަށަށް ދަތުރު ކުރެއްވި އެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މަޝްހޫރު ތޮއިބާ ސްކޫލް މާލޭގައި އުފެއްދެވި ތިން ބޭފުޅުންގެ ތެރޭގައި ވެސް އުސްމާން ހިމެނިވަޑައިގެންނަވަ އެވެ.

ޝެއިހް އުސްމާންގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް 2012 ވަނަ އަހަރު ސަރުކާރުން ވަނީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދްމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ