ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަތުލި ކަނޑު އަނބުރާ ހޯދާނަން: ޑރ. މުއިއްޒު

ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަތުލި ކަނޑު އަނބުރާ ހޯދާނަން: ޑރ. މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
22 އޮގަސްޓް 2023 05:56
0

ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަތުލި ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާ ދެއްވާނެކަމަށް ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ބޭރުން ވިއްކާލި ކަނޑުގެ ސަރަހައްދު ހޯދައި ދިނުމަކީ ކުރާނެ ކަމެއްކަމަށެވެ. ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހި ރައްޔިތުންގެ ވާޖިބެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޗާގޯސްގެ މައްސަލާގައި އިޓްލޮސް އިން ނިންމި ނިންމުގައި ސަރުކާރުން އަމަލު ކުރި ގޮތަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރެއްވި ކަމެއްކަމަށެވެ. އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. މިއީ ސަރުކާރަށް ލިބުނު ކާމިޔާބެއްކަމަށް ބުނި ނަމަވެސް ޑރ.މުއިއްޒު ވިދާޅުވީ މިބޮޑު ޖަރީމާއެއް ކަމަށެވެ.

މުއިއްޒު ވިދާޅުވި މިކަނޑުގެ ސަރަހައްދު ހޯދައި ދެއްވުމަކީ ކުރައްވާނެ ކަމެއްކަމަށެވެ. ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި ޚިލާފަށް ކުރައްވާ އެއްވެސް ކަމަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެ ކަންކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުން ގެނެވޭނީ މިނިވަން ދައުލަތެއް އޮވެގެންކަމަށާއި، އެކަން ކުރެވޭނީ މިނިވަން ކަމާއިއެކު ތިބެވިގެންކަމަށެވެ.

މުއިއްޒު ވިދާޅުވީ ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ. ވެރިކަމާއި ހަވާލުވުމަށްފަހު މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ސާބިތު ކަމާއިއެކު ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އާމިޔާ
ހަލޯ، ވ އަވަހަށް މި ހަބަރުގެ މަތީގަ މިއޮއް ބައި ރަގަޅަށް ކިޔާފަ އަވަހަށް ރަގަޅުކޯށްލާ މީހުން އެއްޗެސް ނުކިޔަނީސް