ގޮއިދޫ އެމްޑީޕީ އެއްތަނބު ޕީޕީއެމްއާއި ގުޅިއްޖެ!

ގޮއިދޫ އެމްޑީޕީ އެއްތަނބު ޕީޕީއެމްއާއި ގުޅިއްޖެ!

Author
މުޙައްމަދު ޝަޒައިމް
22 އޮގަސްޓް 2023 02:46
0

ށ.ގޮއިދޫ އެމްޑީޕީ އެއްތަނބު މުހައްމަދު އާސިފް އިދިކޮޅު ޕީޕީއެމްއާއި ގުޅިއްޖެއެވެ.

އާސިފް ޕީޕީއެމްއާއި ގުޅި ފޯމު ހަވާލު ކުރެއްވީ ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމްއާއިއެވެ. ޝިޔާމް ވަނީ ގޮއިދޫގައި ފެށުނީއްސުރެ އެމްޑީޕީއަށް ޚަރަދުކޮށް އެމްޑީޕީގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދެވި މުހައްމަދު އާސިފް ޕީޕީއެމްއާއި ގުޅިވަޑައިގެން ޑރ.މުއިއްޒުގެ ކެމްޕޭގައި ރަސްމީކޮށް ބައިވެރިވެ ވަޑައިގަންނަވައިގެން މަސައްކަތްޕުޅު ފެއްޓެވި ކަމަށްޓަކައި ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ޝުކުރު ދަންނަވާފައެވެ.

މުހައްމަދު އާސިފަކީ އެމްޑީޕީ ހުޅުމާލެ ދާއިރާއަށް ވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާ ބޭފުޅެކެވެ. މި މިނިންމެވުން ނިންމަވަން ޖެހިވަޑައިގަތް މައިގަނޑު ސަބަބަކީ ރައީސް ޞާލިހުގެ ސަރުކާރު އަންނަންވެގެން ދެއްކި ވާހަކައާއި އަމަލާއި ދިމާނުވުމުން ކަމާއި، ޤައުމުގެ މިނިވަންކަމަށް އޮތް ގޮނެޖެހުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ޤައުމުގެ ހާލަތު މިހާރު ބަދަލު ކުރެވޭނީ ޑރ.މުއިއްޒުކަމަށް ގަބޫލުކުރެވޭތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ޝިޔާމާއި، ޕީޕީއެމްގެ ޓީމުން ހަރަކާތްތެރިވަނީ ށ.އަތޮޅުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.