ރިޔާސީ އިންތިޚާބަށް އޮތީ މަދު ދުވަސްތަކެއް ކަމަށާއި، އިންތިޚާބު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތް ފަސް ގުނަ އިތުރު ކުރުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އެދިވަޑިގެންފިއެވެ.
ރިޔާސީ ކެމްޕޭންގައި އައްޑޫ ސިޓީގެ މަރަދޫ-ފޭދޫގެ ޖަގަހަ ހުޅުވައްދެއްވައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނަކީ މިއިންތިޚާބުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ ބައެއް ކަމަށެވެ. އިންތިޚާބުގައި އައްޑޫ ސިޓީން ކުރަމުންދާ މަސައްކަތާއި ހިތްވަރުން މިއިންތިޚާބު ބޮޑު ތަނުން ކާމިޔާބު ކުރެވޭނެ ކަމީ ޝައްކު ކުރާ ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މަސައްކަތް ކާމިޔާބުވާނެ އަޅުގަނޑުމެން އެންމެން ގުޅިގެން ރަނގަޅު މަސައްކަތެއް ކުރެވިއްޖެއްޔާ. އައްޑޫއަށް ކުރިއެރުން ހޯދުމަށްޓަކައި ހުށަހަޅާ ކަންކަމަކީ ތިބޭފުޅުންގެ ފަރާތުން އަންނަ މުހިންމު ކަންތައްތައް. ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ ކަންތަކުގައި އަޅުގަނޑު ރޭގެ ޖަލްސާގައި ދެންނެވިން. ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސަޕޯޓަރުން ޖޯޝާއި ފޯރީގައި ކުރާ މަސައްކަތުން މަރަދޫ ފޭދޫއިން ވަރަށް ރަނގަޅު ނަތީޖާއެއް ނެރެދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އިންތިހާބަށް ބާކީ އޮތީ 18 ދުވަސްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކެމްޕެއިނަށް ކުރާ މަސައްކަތުން މިހާރަށްވުރެ ހަތަރު ފަސް ގުނަ މައްޗައް ގެންދެވޭތޯ ބަލައި އެންމެން ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
Addu city Maradhoo Feydhoo Jagaha hulhuvun. #Vote4Muizzu#DrMuizzuSembe2023#DhiveheengeRaajje#FreePresidentYameen pic.twitter.com/Su0AqUvWiU
— Progressive Party of Maldives (@ProgressPartyMV) August 22, 2023
މުއިއްޒު ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ޕްރޮޖެކްޓް ހިންގުމުގެ ސަބަބުން 6000 އެނގު އިތުރު ކުރެވިގެންދާނެ ކަމަށެވެ. އެއީ ހާސިލް ކުރެވޭނެ ވަރުގެ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއާ ގުޅިގެން ހުރި ކަންތައް ކުރިއށް ގެންދިޔައީމަ ވަރަށް ގިނަ ވަޒީފާ ލިބިގެންދާނެ ކަމަށާއި ޓޫރިޒަމް ކުރިއަރައިގެންދާނެ ކަމަށް ވިދާޅުވިއެވެ.