އެމްޑީޕީގެ މެނިފެސްޓޯ ކޮޕީކޮށްގެން އިންތިޚާބަށް ނުކުންނަން ޖެހޭ ސަބަބެއް ނެތް: ޑރ.މުއިއްޒު

އެމްޑީޕީގެ މެނިފެސްޓޯ ކޮޕީކޮށްގެން އިންތިޚާބަށް ނުކުންނަން ޖެހޭ ސަބަބެއް ނެތް: ޑރ.މުއިއްޒު

އެމްޑީޕީގެ މެނިފެސްޓޯ ކޮޕީކޮށްގެން އިންތިޚާބަށް ނުކުންނަން ޖެހޭ ސަބަބެއް ނެތް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އިއުލާނުކުރި ޕީޕީއެމް، ޕީއެންސީގެ މެނިފެސްޓޯއަށް އެމްޑީޕީގެ އެކި ބޭފުޅުން މިއަދު ފާޑުކިޔާފައިވެއެވެ. އެގޮތުން، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި، އެމަނިކުފާނުގެ ކެންޕޭނު ތަރުޖަމާނު، މާރިޔާ އަހްމަދުު ދީދީ ވެސް ވަނީ އެއީ އެމްޑީޕީގެ މެނިފެސްޓޯއިން ކޮޕީކޮށްގެން ހަދާފައިވާ ވައުދުތަކެއް ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ ކެންޕޭނަށް އައްޑޫއަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން، އޭގެ ރައްދުގައި މުއިއްޒު ވިދާޅުވީ އެމްޑީޕީން ތުހުމަތު ކުރާ ގޮތަށް މެނިފެސްޓޯގެ ކަންކަން ކޮޕީކުރަންޖެހޭ މަގުސަދެއް ނެތް ކަމަށެވެ.

"މި ފަސް އަހަރުގެ އަކުރާ ފިއްޔާ އަޅުގަނޑުމެން ފޮލޯ ކުރަންޏާ އަޅުގަނޑުމެން މެނިފެސްޓޯ އެއް ހުށަހަޅައިގެން ނުކުންނަން މަގުސަދެއް ވެސް ނެތެއް ނޫންތޯ؟" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި އޭނާގެ މެނިފެސްޓޯ ބިނާކޮށްފައިވާނީ، ނަތީޖާ ނެރެވޭނެ، މާނަވީ ބަދަލުތަކެއް ގެނައުމަށް ކަމަަށެވެ.

"ރިޒަލްޓް އޮރިއެންޓެޑް، މީނިންފުލް ޑިފަރެންސެއް ދައްކައިދޭ، ރައްޔިތުންނަށްޓަކައި ޚިދުމަތެއް ކޮށްދޭ، ޕްރޮފެޝަނަލް މަސައްކަތެއް ކުރާތަނޭ [އަޅުގަނޑުމެންގެ ސަރުކާރެއްގައި] ފެންނާނީ," މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ރައްދުދީ ހެދުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަމަށް ވަގުތެއް ވެސް ނެތް ކަމަށެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލުކުރާ ހަމައެއް ވެސް ނޫން، އަޅުގަނޑު އެހެން މީހަކާ ބެހޭ ގޮތުން ވާހަކަދެއްކުން ވެސް،" އޭނާ ވިދާޅުވިއެވެ.

ޑރ.މުއިއްޒުވެސް އަންނަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އަތޮޅުތަކަށް ވަޑައިގަންނަވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *