އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު ރައްޔިތުންނަށް ހުށަހަޅުއްވަމުންދާ ކަންތައްތަކީ ދެކޮޅު ޖެހޭ ކަންތައްތަކެއް ނޫންކަމަށާއި ދެންވެސް ރައްޔިތުންނަށް ކަމެއް ކޮށްދެވޭނީ އެމްޑީޕީގެ ކޯލިޝަން ސަރުކާރަށް ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ފެހެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއިި ބައްދަލު ކުރުމަށް ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވަނީ ޑރ.މުއިއްޒު ރޭ އިއުލާން ކުރެއްވި ހައުސިން މެނިފެސްޓޯއަށް ފާޑު ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އޭގެ ތެރެއިން ގިނަ ކަންތައްތަކަކީ މިހާރުވެެސް ހިނގަމުންދާ މަޝްރޫޢުތައް ކަމަށެވެ.
މުއިއްޒުގެ ވާހަކާގައިި ތާކުންތާކު ޖެހޭ އެއްވެސް ވާހަކައެއް ނެތް. ކުރިއަށް އޮތް ފަސް އަހަރުވެސް ރައްޔިތުންނަށް ހެޔޮ ހިތުން ކަމެއް ކޮށްދޭނީ ގުޅިފައިމިވާ އެމްޑީޕީ ކޯލިޝަނުން. އަޅުގަނޑުމެންނަށް ކުރިމަތިވި ގޮންޖެހުންތަކާއިއެކު ރާއްޖެއަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްދީފަ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑރ.މުއިއްޒު ގުޅީފަޅުން ގޯތި ދޭނެ ވާހަކަ ވިދާޅުވާއިރު، ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ކުރީގެ އެމްޑީޕީ ވެރިކަމުގައި ގުޅީފަޅުން ގޯތިދޭން ނިންމި މީހުން އަތުން އެތަންތަން އަތުލީކަމަށެވެ. އަދި އޭރުގެ ސަރުކާރުން ދިން ފްލެޓްތައްވެސް އަތުލީކަމަށެވެ. ރައީސް ވިދާޅުވީ ބޯހިޔާވަހިކަން ފުރިހަމަ ކުރުމަށް ލޯނުދޭ ވާހަކަ މުއިއްޒު ވިދާޅުވިއިރު، އެކަމަކީ މިހާރުވެސް މިސަރުކާރުން ކުރަމުންދާ ކަމެއްކަމަށެވެ.
ރައީސް ވަނީ މީގެ އިތުރުން ސްކޫލު ޗުއްޓީއަށް މުއިއްޒު ގެންނަން ހުށަހެޅުއްވި ބަދަލަށްވެސް ފާޑު ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިސަރުކާރުން އެބަދަލު ގެނައީ ޓޫރިޒަމް ދާއިރާގެ އެތައް މުވައްޒިފުންނާއި ވާހަކަ ދައްކައިގެން ކަމަށެވެ.
ކުދި އާބާދީތަކަށް އަޅާ ނުލާ އެކަހެރި ކޮއްފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވި ރައީސް އިބޫ އަށް ބ.ފެހެންދޫ އިން ރައީސް ރަންރީނދުލުގެ ހޫނު މަރުހަބާ 💛#IbuAslam2023 #UfaaveriAmaanRaajje pic.twitter.com/yqcJuJUuzC
— Hussain Shafiu #Ibu2023 (@charly_thuthu) August 21, 2023
މިޖަލްސާގައި ރައީސް ވަނީ ޑރ.މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ވިިދާޅުވީ ޑރ.މުއިއްޒުގެ މެނިފެސްޓޯގައި އަސާސީ ޚިދުމަތްތައް ދޭން ވައުދުވީއިރު، މިނިސްޓަރުކަމުގައި ހުންނަވައި އެކަން ނުކުރެވުމަކީ ރައްޔިތުން ވިސްނާލަން ޖެހޭ ކަމެއްކަމަށެވެ. އަސާސީ ކަންކަން ފުރިހަމަ ކޮށްދެއްވީ މިސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މުއިއްޒު ދައްކަވާ ވާހަކަތަކީ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫންކަމަށާއި، ދެންވެސް ރައްޔިތުންނަށް ކަމެއް ކޮށްދެވޭނީ މިސަރުކާރަށް ކަމަށެވެ.
މިހާރު ދައްކަވާ ހުރިހާ ވާހަތަކަކީވެސް ދެވަނަ ބުރަކަށް މިއިންތިޚާބު ގެންދިއުމަށް ދައްކަވާ ވާހަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގިނަ ޕާޓީތަކާއި ގިނަ މީހުން ކުިރމަތިލައިގެން އުޅެނީވެސް މިއިންތިޚާބު ދެވަނަ ބުރަކަށް ގެންދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ