ސިފައިންގެ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ސިފައިންގެ ޚިދުމަތުގައި 26 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީ، އުމުރުން 45 އަހަރުގައި މިއަދު ކުއްލިގޮތަކަށް ނިޔާވެފައި ވާކަމަށެވެ.
އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި، ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީ ނިޔާވެފައިވަނީ މިއަދު ނޯތު ހާބަރުގައި ހުއްޓާ ކުއްލިއަކަށް ހޭނެތިގެން ވެއްޓުމާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.
ތަފްސީލު އަންނަނީ..
ކޮމެންޓު ފޮނުވާ