އުމަރު ނަސީރަށް ހަމަލާދީފި

އުމަރު ނަސީރަށް ހަމަލާދީފި

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2023 08:14
0

ކެމްޕޭން ރެލީއެއްގައި އުޅުއްވަނިކޮށް މިނިވަން ކެންޑިޑޭޓު އުމަރު ނަސީރުގެ މޫނުމަތީގައި ޖެހުމަށްފަހު މީހަކު ފިލައިފިއެވެ.

އުމަރުގެ މޫނުމަތީގައި މީހަކު ޖަހާފައިވަނީ މިއަދު ހަވީރު ކެމްޕޭނު ޕިކަޕު ބުރުގައި އުޅުއްވަނިކޮށެވެ. އުމަރު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވާ ގޮތުގައި އޭނާގެ މޫނުމަތީގައި ޖަހާފައިވަނީ ދަގަނޑު އެއްޗެއް އެއްލައިގެންނެވެ. އެ ހަމަލާގައި އޭނާއަށް އެއްވެސް އަނިޔާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް އުމަރު ވިދާޅުވެފައިވެއެވެ.

އުމަރު ވިދާޅުވެފައިވާ ގޮތުގައި އޭނާއަށް ހަމަލާދީފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބެލެވޭ މީހެކެވެ. އުމަރު ވިދާޅުވީ އޭނާގެ ސެކިއުރިޓީގެ ގޮތުގައި މަސައްކަތް ކުރާ ސިފައިން އެމީހާގެ ފޮޓޯ ނެގުމަށްފަހު ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އުމަރު ގެންދަވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ސިޔާސަތުތަކެއް އިއުލާން ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.