ހުރިހާ ޚަތީބުން ޖުއްބާލައިގެން ހުކުރުނަމާދު ކުރާގޮތަށް ހަމަޖައްސައިފި

ހުރިހާ ޚަތީބުން ޖުއްބާލައިގެން ހުކުރުނަމާދު ކުރާގޮތަށް ހަމަޖައްސައިފި

Author
މުޙައްމަދު ޝަޒައިމް
18 އޮގަސްޓް 2023 02:49
0

އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ޚަޠީބުން ޖުއްބާލައިގެން ހުކުރުނަމާދު ކުރާގޮތަށް ހަމަޖައްސައި މިއަދުން ފެށިގެން އެގޮތަށް ޢަމަލުކުރަން ފަށައިފިއެވެ.

މިއީ ހުކުރު ކުރާ ހުރިހާ ޚަޠީބުންނަކީވެސް އެއްގޮތަކަށް، އެއް މިންގަނޑަކަށް ހެދުން އަޅާބަޔަކަށް ހަދައި، އިމާމުންނާއި ޚަޠީބުންގެ ހައިބަތު ދެމެހެއްޓުމުގެ މަޤްސަދުގައި ޢަމަލުކުރަން ފެށި އުސޫލެކެވެ. މި އުސޫލަށް މިވަގުތު ހަމައެކަނި މާލޭ ސަރަޙައްދުގެ ޚަޠީބުން ޢަމަލުކުރަމުންދިޔަނަމަވެސް، ކުރިއަށް އޮތްތާނގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް ޢަމަލުކުރަންފަށާނެއެވެ.

މާލޭ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރުކުރާ ހުރިހާ ޚަޠީބުންނަށް މިކަމަށް ވަކި އެލަންވަންސެއް ކަނޑައަޅައި، ކޮންމެ އަހަރަކުވެސް މިނިސްޓްރީން ޖުއްބާއާއި ތާކިހާ ފޯރުކޮށްދޭނެއެވެ.

މީގެ ކުރިން ރާއްޖޭގައި މިފަދައިން ޢަމަލުކޮށްފައިވީނަމަވެސް، ވަކި ގޮތަކަށް ކަނޑައެޅިގެން ވަކި އުސޫލެއްގެ ދަށުން ހެދުން އެޅުމުގެ މިންގަނޑު ހިފެހެއްޓިފައިނުވެއެވެ. ނަމަވެސް މިއަދު ޢަމަލުކުރަންފެށި އުސޫލާ އެއްގޮތަށް މީގެފަހުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޖުއްބާލައިގެން ހުކުރުނަމާދު ކުރުމަކީ ދުނިޔޭގެ އިސްލާމީ ޤައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.