ޑިކޮމްރެޓްސްގެ ކެމްޕޭނަށް އިލްޔާސް އާއި ނަޝީދު ކުޅުދުއްފުށްޓަށް

ޑިކޮމްރެޓްސްގެ ކެމްޕޭނަށް އިލްޔާސް އާއި ނަޝީދު ކުޅުދުއްފުށްޓަށް

Author
އަޒްފާ ރަޝީދު
16 އޮގަސްޓް 2023 05:06
0

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް (އިއްލި) އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކެމްޕޭނަށް މިއަދު ބޮޑުތިލަދުންމައްޗަށް ފުރާވަޑައިގަންނަވާނެ ކަމަށް ޑިމޮކްރެޓްސްއިން ބުނެފިއެވެ.

ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ އިލްޔާސާއި ރައީސް ނަޝީދު މިއަދު ހއ.އަތޮޅާއި ހދ.އަތޮޅަށް ކުރައްވާ ދަތުރުފުޅު ފަށްޓަވާނެ ކަމަށެވެ.

މި ދަތުރުފުޅު ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށާއި އެއަށްފަހު އާދިއްތަ ދުވަހު ނ.އަތޮޅަށް ފުރާވަޑައިގަންނަވާނެ ކަމަށް އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވި ގޮތުގައި ނޫނަށް ކުރައްވާ ދަތުރުފުޅު ނިންމަވައިިލައްވާނީ އެ ހަފުތާގެ ބުދަ ދުވަހުއެވެ.

މީގެއިތުރުން ރަނިންގމޭޓް ޙުސައިން އަމްރު މި ހަފުތާގައި ބ.އަތޮޅަށް ވަޑައިގަންނަވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.