މޯލްޑިވިއަންގެ ދަތުރުތައް ބެންގަލޫރަށް ފަށަނީ

މޯލްޑިވިއަންގެ ދަތުރުތައް ބެންގަލޫރަށް ފަށަނީ

Author
އަޒްފާ ރަޝީދު
16 އޮގަސްޓް 2023 04:54
0

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަރާތުން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރު ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަން ހާމަކޮށްފައިވާ ގޮތުގައި އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ދެ ފްލައިޓް ޝެޑިއުލްކުރެވިގެން ބެންގަލޫރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ ހޯމަ އާއި ބުދަ ދުވަހުއެވެ.

މޯލްޑިވިއަން އިން ބުނީ މި ދަތުރުުތަކުގެ ޝެޑިއުލް ފަރުމާކޮށްފައި ވަނީ ޗުއްޓީ ހޭދަކުރާ މީހުންނާއި ވިޔަފާރި އަދި ބޭސްފަރުވާއަށް ދާ މީހުންނަށް ވެސް ފަސޭހަވާނެ ގޮތަށް ކަމަށެވެ. އަދި މިއަދުން ފެށިގެން މި ދަތުރުތަކަށް ޓިކެޓު ބުކް ކުރެވޭނެ ކަމަށްވެސްއެ ކުންފުނިން ބުނެފައިވެއެވެ.

މޯލްޑިވިއަނުން ބައިނައްލަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ. އެގޮތުން ކޮންމެ ދުވަހު ކަހަލަ ގޮތަކަށް އިންޑީއާގެ ޓްރެވިންޑްރަމް އަށާއި ކޮޗިންނަށް މޯލްޑިވިއަންގެ ދަތުރުތައްް އަންނަނީ ކުރަމުންނެވެ.  އެ އެއާލައިނުގެ ފްލީޓުގައި މިހާރު 14 ބޯޓެއް އޮވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.