ކުޑަހުވަދޫ އެމްޑީޕީގެ ކުރީގެ ކައުންސިލް ރައީސް ޕީޕީއެމްއަށް!

ކުޑަހުވަދޫ އެމްޑީޕީގެ ކުރީގެ ކައުންސިލް ރައީސް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
14 އޮގަސްޓް 2023 11:29
0

ދ.ކުޑަހުވަދޫ އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ކައުންސިލް ރައީސް އިދިކޮޅު ޕީޕީއެމްއާއި މިރޭ ގުޅިއްޖެއެވެ.

ކުޑަހުވަދޫ ކުރީގެ ކައުންސިލް ރައީސް އަހުމަދު ޝާމް ޕީޕީއެމްއަށް ސޮއިކޮށް ފޯމު ހަވާލު ކުރެއްވީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއެވެ. ޝާމްއަކީ ކުޑަހުވަދޫ އެމްޑީޕީގެ އިސް ސަފުގައި މީގެ ކުރިން ހަރަކާތްތެރިވި އަދި އެރަށުގެ ރައްޔިތުންގެ ތާއީދު އޮންނާ ބޭފުޅެކެވެ.

ޝާމް ޕީޕީއެމްއާއި ގުޅުމުން އެޕާޓީން ވަނީ ޝާމް އަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުން އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާއިރު، އިދިކޮޅު ޕްރޮގްރޮގްރެސިވް ކޯލިޝަނާއި އެމްޑީޕީގައި މީގެ ކުރިން އުޅުނު ބައެއް ފަރާތްތަކުން ދަނީ ގުޅެމުންނެވެ.

މި ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަ ކުރި ނަމަވެސް އިންތިޚާބުގައި ވާދަވެރިކަން އޮތީ އެމްޑީޕީއާއި ޕީޕީއެމްގައެވެ. ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުވެސް ވަނީ މިއިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިއަކީ ޕީޕީއެމް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މަރުހަބާ