ރިޔާސީ އިންތިޚާބބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ މެނިފެސްޓޯ މާދަމާ ލޯންޗްކުރުމަށް ނިންމައިިފިއެވެ.
ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ސިޔާސަތުތައް މީގެކުރިން ހާމަކޮށްފައިވެއެވެ. މެނިފެސްޓޯ އެކުލަވާލީ ޕާޓީ އުފެއްދުމަށް ރާއްޖޭގެ އެކި ރަށްތަކަށް ކުރި ދަތުރުގައި ރައްޔިތުންގެ ހިޔާލާއި ޝުއޫރުތައް އޮޅުން ފިލުވުމަށްފަހު ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެއެވެ.
ޑިމޮރެކްޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް ލަބީބް ހުންނެވިއިރު އޭނާގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އިލްޔާސް އާއި އަމްރު އަދި ޑިމޮކްރެޓުންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އަތޮޅުތަކަށް ވަޑައިގެން ފުޅާކޮށް ކެމްޕޭން ކުރައްވަމުންނެވެ.
އެ ޕާޓީގެ މެނިފެސްޓޯ މާދަމާ ރަސްމީކޮށް ލޯންޗްކުރަން ނިންމާފައިވާ އިރު، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭންގެ ތެރޭގައިި މެނިފެސްޓޯގެ މުހިއްމު ބައެއް ކަންކަން މިހާތަނަށް ހިއްސާކުރައްވާފައިވެ އެވެ. ޑިމޮކްރެޓްސްގެ މެނިފެސްޓޯ އެކުލަވާލާފައި ވަނީ ޕާޓީ އުފައްދަން ނިންމިކަން އިއުލާންކުރި ހިސާބުން ރާއްޖޭގެ އެކި ހިސާބުތަކަށް ޕާޓީގެ އިސް ވެރިން ވަޑައިގެން އާންމު ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ވެސް ކުރުމަށް ފަހު ރައްޔިތުންނާއި ހިޔާލާއި މަޝްވަރާ ހޯދައިގެންނެވެ.
ޑިމޮކްރެޓްސް އަކީ ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީ ކުރި ޕާޓީއަށްވީ ނަމަވެސް އެ ޕާޓީއަށް ރަނގަޅު ތާއީދެއް އޮތް ކަމަށް ފެނެ އެވެ.