ލަވަކިޔުންތެރިޔާ އަދި ތިނަދޫ ކައުންސިލް ޕީޕީއެމް މެމްބަރު ޒަލީފް އެމްޑީޕީއަށް

ލަވަކިޔުންތެރިޔާ އަދި ތިނަދޫ ކައުންސިލް ޕީޕީއެމް މެމްބަރު ޒަލީފް އެމްޑީޕީއަށް

Author
މުޙައްމަދު ޝަޒައިމް
11 އޮގަސްޓް 2023 10:12
0

ގދ. ތިނަދޫ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޕީޕީއެމް ކައުންސިލަރު މުހައްމަދު ޒަލީފް އެޕާޓީ ދޫކޮށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަަށް ސޮއިކޮށްފިއެވެ.

ޒަލީފް އެމްޑީޕީ އަށް ސޮއިކުރި ފޯމާއި ހަވާލުވެލެއްވީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޒަލީފަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި މީގެ ކުރިން ތިނަދޫގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޒުވާނުންގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ. ޒަލީފަކީ މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިއެއްވެސް މެއެވެ.

އެމްޑީޕީ އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ އިރު އެހެން ޕާޓީތަކުން ވަކިވެ އެމްޑީޕީއާ ގުޅެމުން އަންނަ މެމްބަރުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިދިޔަ ޖޫން މަހުގެ ނިޔަލަށް އެމްޑީޕީގައި ތިބި މެމްބަރުންގެ އަދަދު 58،000 އަށް އަރައެވެ.

މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކަށް ނިބަތްވާ ބޭފުޅުންވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށް ފޯމު ރައީސް ޞާލިހާއި ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގޮއްރާޅު
ތީގެ ޑަބަލް އެމްޑީޕީން ޕީޕީއެމަށް ވަދެއްޖެ، ތިގޮތަށް އޮޔާވަޔާ ބަދަލުވާ ކިތަންމެ އެއްޗެއްވެސް ފެނިއްޖެ،