ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ކެމްޕޭނަށް ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ކެމްޕޭނަށް ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި

Author
އަޒްފާ ރަޝީދު
08 އޮގަސްޓް 2023 08:18
0

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ރިޔާސީ ކެމްޕޭނަށް ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.

އިލްޔާސް ލަބީބްއާއި އެކު ރައީސް ނަޝީދުވެސް ވަނީ ފުވައްމުލަކަށް ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ޑިމޮކްރެޓްސްގެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދާއި މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އިލްޔާސް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ.

ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަ އިރު، ކެމްޕެއިން ކުރައްވަން އަތޮޅުތަކަށް ވަޑައިގަންނަވަމުންގެންދަވަނީ އެމްޑީޕީއާއި ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއާއި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްކަން ފާހަގަކޮށްލެވެއެވެ.

އިލްޔާސް ފުވައްމުކަލަށް ވަޑައިގެންފައިވާއިރު، އޭނާ ރަނިންގްމޭޓް ހުސެން އަމްރު އަންނަނީ ހުޅުމާލެ ފޭސް 2 ގައި ޑޯޓުޑޯރ ހަރަކާތްތަކެއް ކުރިއަށްގެންދަވަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.