ޝަރުތު ހަމަވާ އެންމެނަށް އަންނަ ދައުރުގައި ފްލެޓު ދޭނަން: ރައީސް

ޝަރުތު ހަމަވާ އެންމެނަށް އަންނަ ދައުރުގައި ފްލެޓު ދޭނަން: ރައީސް

Author
ހުސެއިން
08 އޮގަސްޓް 2023 04:40
0

ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި އެންމެނަށް އަންނަ ދައުރުގައި ފްލެޓު ހަވާލުކޮށްދީ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގދ. ނަޑެއްލާގައި ވިދާޅުވެއްޖެއެވެ.

ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނަޑެއްލާ އަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ މާލެ އަށް ބޭނުން ޖެހިފައި ހުރި ކަންތައްތައް ކޮށްދެމުންދާ ކަމަށެވެ. އެގޮތުން މިއަދު މާލޭގެ ފްލެޓު ލިސްޓު އާންމުކޮށްފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭގައި ޝަރުތު ހަމަވާ 13،000 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށެވެ.

"އެއިން ކޮންމެ މީހަކަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މާލެއިން ފްލެޓު އަޅައިދީ ހަވާލުކޮށްދޭނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ "އަމާން އުދަރެސް" ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓުތަކުގެ މަސައްކަތް މިހާރު އޮތީ ނިމެން ކައިރިވެފައެވެ. ރައީސް ސޯލިހް ކުރިން ވިދާޅުވެފައި ވަނީ މި ދައުރު ނިމުމުގެ ކުރިން އެ ތަނުން ބައެއް ފްލެޓުތަކުގައި ދިރިއުޅެވޭ ވަރު ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު އޮންނަ ސެޕްޓެމްބަރު 9 އަކީ މުހިންމު ދުވަހެއް ކަން ފާހަގަ ކުރައްވައިފައެވެ. ރައީސް ވިދާޅުވީ އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ކަނޑައަޅާނެ ކަމަށެވެ. އެހެންވެ، ވޯޓުލުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެއެވެ. މި ސަރުކާރުން އަންނަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 4،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހިޔާ
ކޮބައިތޯޯ ގޯތިި ބެހުންް މިހާރުހަދާންވެސްް ނެތްތޯޗެެ ތިއޮތީީ ކަންތައްކުރެވިފައޭޭ ހުރިހާއެއްގަަ ހޭވިފަަ އެއްވެސްކަމެއްނުކުރެވޭޭ ދެންބޭކާރުވާހަކަނުދައްކާާ އަވަހައްް ގޯތިހަވާލުކުރޭޭ ތިކަންވެސްކުރާންޖެހޭނީީ ދެންއަންނަަ ސަރުކާރައްތޯއްޗެެ