ޕީއެންސީގެ މިއަދުގެ ސެނެޓު ބައްދަލުވުން، މުއިއްޒުއާއި އާދަމް ޝަރީފްގެ ގަދަ ހިފުމަކަށް!

ޕީއެންސީގެ މިއަދުގެ ސެނެޓު ބައްދަލުވުން، މުއިއްޒުއާއި އާދަމް ޝަރީފްގެ ގަދަ ހިފުމަކަށް!

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭ، ކުރީގެ ރައީސް ޔާމިންއަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ވެއްޖެ ހާލަތެއްގައި، އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި، ޕީއެމްސީގެ ކެނޑިޑޭޓަކު ނެރުމަށްޓަކާ ބާއްވާ، އެޕާޓީގެ ސެނެޓްގެ ޚާއްސަ ބައްދަލުވުން މިއަދު ހެދުނު 10:00 ގައި ފެށިގެން ކުރިޔަށް އެބަ ދެއެވެ.

އަދި މި ބައްދަލުވުމުގައި، ކުރިޔަށް އޮތް ރިޔަސީ އިންތިޚާބުގައި ޕީއެންސީއިން ވާދަކުރުމަޓަކާ އެޕާޓީ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ނިންމާފައިވާއިރު، ޕީއެންސީގެ ސެނެޓްގެ މި ބައްދަލުވުން މިހާރު ބެލެވެމުންދަނީ، އެޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމަށް ކުރިޔަށް ދާނެ، ޓިކެޓަށް މިހާރު ޝައުގުވެރިކަން ފާޅު ކޮށްފައިވާ ދެ ކެނޑިޑޭޓުން ކަމަށްވާ، މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒުއާއި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އާ ދެބޭފުޅުންގެ ގަދަ ހިފުމެއްގެ ގޮތުގައެވެ.

މިއަދު 10:00 އިންފެށިގެން ކުރިޔަށްދާ ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އެޕާޓީގެ ރިޔާސީ ޓިކެޓަށް އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕަށްވެސް ވާދަ ކުރެވޭގޮތަށް ބަދަލު ގެނައުމެވެ. އޭގެ އެއް ސަބަބަކީ، ޕީއެންސީގެ ޓިކެޓަށް ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުއިއްޒުވެސް ވާދަކުރެއްވުމަށް ނިންމަވާފައި ވުމެވެ.

މިގޮތުން ޕީއެންސީގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމަށްފަހު، އެޕާޓީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކަށް ނުގޮސް ދިނުމަށްޓަކާ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ސެނެޓުގެ ތާއީދާއެކީ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެންސީގެ މިއަދުގެ ސެނެޓް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ އެޕާޓީގެ ރައީސް އަބުދުއްރަހީމްއެވެ.

އިދިކޮޅު ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް ޔާމިނަށް ވާދަކުރެވޭ ގޮތް ނުވެއްޖެ ހާލަތެއްގައި އިދިކޮޅު ކެނޑިޑޭޓަކު ޕީއެންސީން ނެރުމަށް މިހާރު ވާދަކުރަމުން ދަނީ ޑރ. މުއިއްޒުއާއި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފުއެވެ.

"ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕިއެންސީގެ ޓިކެޓަށް ވާދަ ކުރުމުގެ ޝައުގުވެރިކަން، ޕީޕީއެމްގެ ނާއިބު ރައީސް ޢައްސާން މައުމޫން ގެންގުޅުއްވި ނަމަވެސް އޭނާ މިހާރުވަނީ އެ ވިސްނުން ދޫކޮށްލައްވާފައެވެ. އަދި ޓިކެޓަށް ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ފަހުން އެވިސްނުން ދޫކޮށްލައްވާފައިވާއިރު، ޝިޔާމްއާއި ޢައްސާންގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބުރާހިމް ޝުޖާއާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގުވެސް ކެމްޕޭން ކުރައްވަމުން އާދަމްޝަރީފުއަށް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އެހެންނަމަވެސް، ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީއެންސީގެ ސެނެޓްގެ ގިނަ މެމްބަރުންނާއި، ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންގެ ތާއީދު އަދިވެސް އޮތީ ޑރ. މުއިއްޒުއަށެވެ. އަދު މިއަދު ޕީއެންސީގެ ސެނެޓްގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓު، ބޮޑު ތަފާތުން ޑރ. މުއިއްޒު ކާމިޔާބު ކުރައްވާނެކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މުއިްޒުއަކީއޭނަގެބައްޕައަށްވެސްއިތބާރުގެއްލިފައިހުރިމީހެއްބައްޕަގޭގައިލިޔުއްވާފައިހުރިލިޔުންފެނުނީމައިއެކަންއެނގުނުމުއިއްޒަކީދެުއްކެރިމީހރއްެާދަމްޝަރީފުހޮވާ

Leave a Reply

Your email address will not be published. Required fields are marked *