ޖަޕާންގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންފި

ޖަޕާންގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންފި

Author
ހުސެއިން
29 ޖުލައި 2023 09:27
0

ޖަޕާނުގެ ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާ، ރާއްޖޭ ވަޑައިގެންފިއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރ ޝާހިދުގެ ދައުވަތަކަށެވެ. ހަޔާޝީގެ މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމުގެ ގޮތުން ރަސްމީ ވާހަކަތައް ބާއްވަވާނެއެވެ. އަދި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއިވެސް ހަޔާޝީ ބައްދަލު ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ހަޔާޝީގެ މި ދަތުފުޅުގައި، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓަށް ވިސާގެ ޝަރުތުތައް 90 ދުވަހުގެ މުއްދަތަށް ލުއިކޮށްދިނުމާއި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) އާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އޭގެ އިތުރުން އެމްއެންޑީއެފްއަށް ބޭނުންވާ ފަޔަރ ވެސެލްއާއި އައިސީޓީ އެކުއިޕްމަންޓް ހަވާލުކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުންވެސް، ޖަޕާން ސަރުކާރުގެ އެހީގައި އިމާރާތް ކޮށްފައިވާ ސްކޫލެއްގެ އިތުރުން ޖަޕާންގެ އެހީގައި މާލެ ވަށައިގެން ބިނާކޮށްފައިވާ ސީވޯލް ރަމްޒު ކޮށްދޭ ޓެޓްރާޕޮޑް މޮނިއުމަންޓަށްވެސް ޒިޔާރަތް ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.