ހޮޑުލުމާއި ބޭރަށް ހިންގުން މާލޭގައި ކުއްލިއަކަށް އާންމުވުމުން، އޭގެ ސަބަބު މިދަނީ ބަލަމުން: އެޗްޕީއޭ

ހޮޑުލުމާއި ބޭރަށް ހިންގުން މާލޭގައި ކުއްލިއަކަށް އާންމުވުމުން، އޭގެ ސަބަބު މިދަނީ ބަލަމުން: އެޗްޕީއޭ

ގުޅުންހުރި

މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުން ކުއްލި ގޮތަކަށް އާންމު ވުމާއި ގުޅިގެން، އޭގެ ސަބަބުން، ކަމާއި ގުޅުންހުރި މުވައްސަސާތަކާއި ގުޅިގެން ބަލަމުންދާ ކަމުގައި އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓުގައި ބުނެފައިވަނީ، މާލޭގައި ކުއްލި ގޮތަކަށް ހޮޑުލުމާއި ބޭރަށް ހިންގު އާންމެ ވެފައިވާކަން އެމުވައްސަސާއަށް ފާހަގަ ވެފައިވާ ކަމުގައެވެ.

މާލޭގައި ހޮޑުލާ ބޭރަށް ހިންގާތީ ގިނަ އަދަދެއްގެ ކުޑަކުދިނަށް ހޮސްޕިޓަލްތަކުން މިއަދުވަނީ ފަރުވާ ހޯދަން ޖެހިފައެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމުގައިވާ އަހުމަދު ފައިސަލް ވިދާޅުވެފައިވަނީ މުޅި މާލެ އޮތީ ހޮޑު ލުމުގައި ކަމަށާއި، ހޮޑުލާ ކުދިން ގިނަވެ އައިޖީއެމްއެޗްގެ އީއާރު އޮތީ ފުރިފައި ކަމުގައެވެ.

އަދި އޭނާވަނީ، މިހާލަތުގައި ސިއްޙީގޮތުން އަމަލު ކުރަންޖެހޭނޭ ގޮތުގެ އިރުޝާދު ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗް، އޭޑިކޭ އަދި ސެނަހިޔާގެ އީއާރުންވެސް ގިނަބަޔަކު ދަނީ ފަރުވާ ހޯދަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ