އިދިކޮޅު މުޒާހިރާއިން ކުރީގެ މެމްބަރު ޑރ. ޚަލީލު ހައްޔަރު ކޮށްފި

އިދިކޮޅު މުޒާހިރާއިން ކުރީގެ މެމްބަރު ޑރ. ޚަލީލު ހައްޔަރު ކޮށްފި

Author
ހުސެއިން
27 ޖުލައި 2023 12:27
0

މިރޭ ކުރިޔަށްދިޔަ އިދކޮޅު މުޒާހިރާ ތެރެއިން، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުން ޑރ. ޚަލީލު ހައްޔަރު ކޮށްފިއެވެ. "ޚަބަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އިދިކޮޅު މުޒާހިރާގެ ތެރެއިން ޑރ. ޚަލީލު ހައްޔަރު ކޮށްފައިވަނީ، ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް އެހެން ބޭފުޅުންނާއެކު މުޒާހިރާގައި ބައިވެރިވަމުން ދަނިކޮށެވެ.

އެހެންނަމަވެސް ކުރީގެ މެމްބަރު ޑރ. ޚަލީލު ފުލުހުން ހައްޔަރުކުރީ ކޮންސަބަބާހެދި ކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ މުޒާހިރާއިން ޕީޕީއެމްގެ ލީޑަރޝިޕްގެ އިތުރު ބޭފުޅަކު ފުލުހުން ހައްޔަރު ކޮށްފައެއް ނުވެއެވެ.

ރޭގެ ވަގުތެއްގައި ފަހުން ފުލުހުން ވަނީ ޑރ. ޚަލީލު ދޫކޮއްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.