ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ރައީސް ނަޝީދުގެ މިދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެއް ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވި ސީދާ ވަކި ސަބަބެއް އެނގިފައެއް ނުވެއެވެ. ލަންކާގައި ހުންނަވާ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ފޮނުއްވީ ޅެންބައިތަކުންނެވެ.
ބައެއް ފަރާތްތަކުން ބުނެފައިވަނީ ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވީ، މިނިވަން ދުވަހުގެ ރަސްމީ އިހުތިފާލާއި، ޖަލްސާގައި ބައިވެރިވެ ވަޑައި ނުގެންނެވުމަށެވެ. ދައުލަތުގެ ތިންބާރުގެ ވެރިންގެ ތެރެއިން އުއްތަަމަ ފަނޑިޔާރާއި ރައީސް ޞާލިހު މިހަފްލާތަކުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.
‘Minivan kamun libey ufaa,
azumeh kamah hadhaanamey
Dhinigen mulhin higeynehaa,
maguthah alun koshaanamey’
Minivan dhuvahuge thahniya!— Mohamed Nasheed (@MohamedNasheed) July 26, 2023
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފައި މިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފޯރި ވަރަށް ގަދަވެފައިވާ ވަގުތެއްގއެވެ. ނަމަވެސް އެމަނިކުފާނުގެ މިހާރުގެ ޕާޓީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދައެއް ނުކުރައްވައެވެ.
ރައީސް ނަޝީދު ގެންދަވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
One Response
ކަތިވަޅިއާއި މަރިޔަބާއި މި ހުރިހާ ދުވަހު ކޮށި ދަނޑުވެސް ތިމާއަށް ގެއްލި ހޯދަން އުޅުނު ބޮޑުވަޒީރު ކަމާއި މިހާރު އިން ގޮނޑިގަޑުވެސް ގެއްލޭނެކަން ޔަގީންވެފައި ކުރިޔަށް އޮތް މަޖްލިސް އިންތިޚާބުގައި މިތުރުންނަށް އެންމެ ގޮނޑިއެއްވެސް ނުލިބޭ ހިސާބުން ތިންހާސްވެސް ހަމަނުވެ ތިމާ ވިއްސިވިސާލިވާނެއެވެ.