އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފިއެވެ.
ޚަބަރު އޮންލައިނަށް އެނގިފައިވާގޮތުން އެމީހުން ދޫކޮށްލާފައިވަނީ، އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުންނެވެ. އެމީހުން ދޫކޮށްލާފައިވަނީ މުއްދަތު އިތުރުކުރަން ގެންދިޔަ 9 ވަނަ ފަހަރުއެވެ. މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 7 މީހުންގެ ތެރެއިން މި ފަސް މީހުން ދޫކޮށްލާފައިވާއިރު އެހުރިހާ އެންމެން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ޝަރުޢީ މަރުހަލާގައި މިނިވަންވުމަކީ ގިނަބައެއްގެ ކަންބޮޑުވުން އުފެދިފައިވާ އަދި ހައްލު ލިބިފައިނުވާ މައްސަލައެކެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ނޫސްވެރިންނަށް ދައްކާލުމުގެ މަސައްކަތްވެސް ފެށިއެވެ. ނަމަވެސް އެކި އިދާރާތަކުގެ ކަންބޮޑުވުންތަކާއި ގުޅިގެން އެއޮޕަރޭޝަން ފުލުހުން މިހާރުވަނީ މެދުކަނޑާލާފައެވެ.
ކޮމެންޓު ފޮނުވާ