ކުރީގެ ސަރުކާރުތަކުގައި އިސް މަޤާމްތަކެއް ފުރުއްވާފައިވާ އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ. އޭނާ އެމްޑީޕީއާއި ގުޅިވަޑައިގަތުމަށްފަހު ފޯމު ހަވާލު ކުރައްވާފައިވަނީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުއާއެވެ.
މިރޭ އޭނާ އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމުގެ ކުރިން ހުންނެވީ އެމްއެންޕީގައެވެ.
ގުބާދު މިރޭ އެމްޑީޕީއާއި ގުޅިވަޑައިގެންނެވިއިރު އޭނާވަނީ 2011 ވަނަ އަަހަރުވެސް އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ. އޭގެ ކުރިން އޭނާވަނީ ޑިއާރުޕީގަވެސް އުޅުއްވާފައެވެ. ރައީސް ޔާމިންގެ ވެރިކަމުގައި އޭނާވަނީ ޕީޕީއެމްގަވެސް އުޅުއްވާފައެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނަވަނިކޮށް އޭނާ މަގާމުން ވަކިކޮށްފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައި، 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.
ގުބާދު ފާހަގަ ކުރެވިގައިވަނީ ގިނަގިނައިން ސިޔާސީ ޕާޓީ ބަދަލު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ