ބޮޑުކީސް އަޅާފަ މެދުން ކީހާލިޔަސް، އަޅުވެތި ކަމަށް ރުހެވޭނެ ގޮތެއް ނެތް: ޢަލީ ރަމީޒު

ބޮޑުކީސް އަޅާފަ މެދުން ކީހާލިޔަސް، އަޅުވެތި ކަމަށް ރުހެވޭނެ ގޮތެއް ނެތް: ޢަލީ ރަމީޒު

Author
މުޙައްމަދު ޝަޒައިމް
19 ޖުލައި 2023 06:57
0

ބޮޑުކީސް އަޅާފަ މެދުން ކީހާލިޔަސް، އަޅުވެތި ކަމަށް ރުހެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ސަލަފް ޖަމިއްޔާގެ ޗީފް މާކެޓިންގ އޮފިސަރ އަދި ސަލަފް ޖަމިއްޔާ އިން ހިންގާ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ގާތް ވަމުންދާއިރު، ދީނީ އެކި ޖަމްއިއްޔާ ޖަމާއަތްތަކުގެ މަދަދުވެރި ކަމަށްވެސް ސިޔާސީ ޕާޓީތަކުން އެދެމުންނެވެ. ޚާރިޖީ ގޮތުން ރާއްޖޭގެ ކަންކަން މިހާރު އޮތްގޮތާއި މެދު ކަންބޮޑުވުން އަބަދުވެސް ފާޅު ކުރަމުންދާ ސަލަފް ޖަމްއިއްޔާއަށް ނިސްބަތްވާ އަލީ ރަމީޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭތިއްބުމަށް ތާއީދު ކުރާ ބަޔަކާއިއެކު ހަދާނެ އެއްވެސް ޑީލެއް ނޯންނާނެކަމަށެވެ.

މިޤައުމުގައި ތިބި އިންޑިއާ ސިފައިން ބޭރު ނުކުރެވޭނެ އެއްވެސް ޑީލެއް އަހަރެމެން ގަބޫލެއް ނުކުރާނަން. ބޮޑުކީސް އަޅާފަ މެދުން ކީހާލިޔަސް، އަޅުވެތި ކަމަށް ރުހެވޭނެ އެއްވެސް ގޮތެއް ނޯންނާނެ.

– ޢަލީ ރަމީޒު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ގެންދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މިހާރު ވެސް ރާއްޖޭގެ ތިން ސަރަހައްދެއްގައި 100 އާއި ގާތް ކުރާ އަދަދެއްގެ އިންޑިއާ ސިފައިން އެބަތިއްބި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެއީ އެންމެ އުތުރު ހދ.ހަނިމާދޫ އާއި މެދުރާއްޖެ ތެރެއިން ލ.އަތޮޅު ކައްދޫ/ގަން އަދި އެންމެ ދެކުނުން އައްޑޫ ސިޓީ ގަމުގައެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ވަރުގަދަ ކޮށްފައި ވީނަމަވެސް 2021 ވަނަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު ރައީސް ސޯލިހް ނެރުއްވި ގަރާރަކުން ވަނީ އިންޑިއާ އާއި ދެކޮޅަށް އަޑު އުފުލުމާއި އިންޑިއާއަށް ފާޑުކިޔުން މަނާކޮށްފައެވެ. އެގަރާރު ނެރުނު ފަހުން އިންޑިއާ އައުޓް ޖަހާފައި ހުރި ގިނަ އަދަދެއްގެ ބެނާތައް ވެސް ފުލުހުން ވަނީ ނައްޓާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
ޞަލަގަވިޟޫކުރާއިރުމޫނުދޮންނާނީދަތްދޮޅީގެކޮޅާހަމައަށޭވތވގައިއިނދެހަޅޭލެވީކަލެއެއްނޫންތަތިޔއީރޯނުއެދުރުންގެޚިޔާލު
އ އިއްބެ
ފުރަތަމައުޅުނީލަވަކިޔައިނަށަންއެއުޅުނުހަޑިގޮތްތައްހަނދާންކޮށްﷲއަށްބިރުވެތިވެބަލައިދީނުގެވާހަކަދައްކާނީޢިލްމުވެރިންސިޔާސީވާހަކަދައްކާނީސިޔާސީމީހުންރިޕޯޓިލިޔާނީނޫސްވެރިންމިހާރުދެންޕާކިސްތާނުގެނިގޫފެޅިފަގުޑިއެއްއަޅައިގެންހަޅޭލެވިޔަކަސްކަލާއަދިޢިލްމުވެރިއަކަށްނުވާނެއަދިއަޅުވެތިކަމެއްވެސްނޭންގޭނެ